ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއިގުޅޭ

އިޢުލާން

 

ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއިގުޅޭ

 

2024-2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ކެލާ ލިލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

 

ގްރޭޑް

2024-2025 ވަނަ އަހަރު ގްރޭޑަށް ޢުމުރުފުރާ

ބޭބީ ނާސަރީ

31 ޑިސެމްބަރ 2023ގެ ނިޔަލަށް މީލާދީގޮތުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

31 ޑިސެމްބަރ 2023ގެ ނިޔަލަށް މީލާދީގޮތުން 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

2024 ވަނަ އަހަރު ޕްރީ ސްކޫލްގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން (24 އޭޕްރީލް 2024 ވީ ބުދަ ދުވަހުން ފެށިގެން) ކެލާ ކައުންސިލްގެ އިދާރާގައި ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. މި ފޯމު ކެލާ ކައުންސިލް އިދާރާގެ ވެބްސައިޓު www.kelaa.gov.mv  އާއި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ވީމާ، 2024 ވަނަ އަހަރު ކެލާ ލިލީ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުދިން ވައްދަން ބޭނުންވެލައްވާ ފަރާތްތަކުން ފޯމު ނެންގެވުމަށްފަހު، ފޯމު ފުރުއްވާ، ފޯމުގައިވާ ތަކެއްޗާއިއެކު ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިހާރު ޕްރީ ސްކޫލްގެ ބޭބީ ނާސަރީގައި ކިޔަވަމުން ގެންދާ ދަރިވަރުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

24 އޭޕްރިލް 2024
ހޯދާ