އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީގެ މަގުތައް ކޮނުމާއި، ތާރު ކެނޑުމާއި، ގާ ނެގުމުގެ މަސައްކަތް ކުރުމާއި ގުޅޭ

އިޢުލާން

 

އައްޑޫ ސިޓީގެ މަގުތައް ކޮނުމާއި، ތާރު ކެނޑުމާއި، ގާ ނެގުމުގެ މަސައްކަތް ކުރުމާއި ގުޅޭ:

 

ސަރުކާރުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ގިނަ މަގުތަކުގައި ދުވާރު ހަދައި، ތާރު ނުވަތަ ގާ އަޅައި ނިމިފައިވެއެވެ. އެހެންނަމަވެސް، ޚިދުމަތް ދިނުމުގެ ބޭނުމުގައި، ކައުންސިލްގެ ހުއްދަ ނެގުމެއްނެތި ތާރު ކެނޑުމާއި، މަގު ކޮނުމާއި، ގާ ނެގުން ފަދަ ކަންކަން ޔުޓިލިޓީ ޚިދުމަތްދިނުމުގެ ބޭނުމަށް ކުރަމުންދާކަން ފާހަގަ ކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކެއް ލިބޭކަމުގެ ޝަކުވާ އިތުރުވެފައިވެއެވެ. މީގެ އިތުރުން، ހުއްދަ ނެގުމަކާއި ނުލާ ކުރާ މި ބާވަތުގެ މަސައްކަތުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާ ނަގާނެ ފަރާތެއް ނުހޯދި، އޭގެ ސަބަބުން ޚިދުމަތް ދިނުމަށް ބުރޫއަރާ، މިކަމާއި ގުޅިގެން ރައްޔިތުންނަށާއި، ޚިދުމަތްދޭ ކުންފުނިތަކަށް ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާވެސް ލިބެމުންދެއެވެ. އެހެންކަމުން، ކައުންސިލްގެ ހުއްދަ ނުހޯދައި އައްޑޫސިޓީގެ އެއްވެސް އަވަށެއްގެ މަގަކުން ދެންނެވުނު ފަދަ މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ޢަމަލުކުރާ ފަރާތްތަކާއިމެދު ނަންބަރ  2019/R-990(މަގު ކޮނުމާއި މަގުގައި އެއްޗެހި ވަޅުލުމާބެހޭ ގަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާއިރު، މަގުތައް ބެލެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމުގައި ދަންނަވަމެވެ. ވީމާ، ތާރު ކެނޑުމާއި، މަގު ކޮނުމާއި، ގާ ނެގުން ފަދަ މަސައްކަތްކުރުމުގެކުރިން ކައުންސިލްގެ ހުއްދަ ނަގައި، އެ މަސައްކަތަކަށް ކައުންސިލުން ކަނޑައަޅާފައިވާ ފީ ދެއްކުމަށްފަހު މަސައްކަތް ކުރިއަށް ގެންދިޔުމަށް އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

15 ޝައްވާލް 1445

24 އެޕްރީލް 2024

24 އޭޕްރިލް 2024
ހޯދާ