ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އެޖެންސީ - ސީނިއަރ ލީގަލް އޮފިސަރ

މަޤާމް :Senior legal Officer
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-346615

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް. 11-2

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އެޖެންސީ

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިވިޝަން، ލީގަލް ސެކްޝަން

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް

އެހެނިހެން އެލަވަންސް

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު(އަސާސީ މުސާރައިގެ 35%)
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މައްޗަށް މެންޑޭޓްކޮށްފައިވާ އެންމެހާ މަސައްކަތްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ޑިވިޝަން ހެޑްގެ މަޝްވަރާއާއި ލަފާގެ މަތީން ވިލަރެސްކޮށް ރާވާ ހިންގުން
  2. ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރުކުރެވިފައިވާ ފަރާތްތަކުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާހޯދާ ފަރާތްތަކުގެ ކޭސްތަކާއި ގުޅޭގޮތުން ޑްރަގް ކޯޓާއި އެނޫންވެސް ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކުގައި ކުރިޔަށް ގެންދާ މައްސަލަތަކުގައި ނޭޝަނަލް ޑްރަގް އޭޖެންސީ  ތަމްޞީލުކުރުމާއިއެކު، އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތައް ފަރުވާދޭ މަރުކަޒުތަކަށް އަންގައި، ޑްރަގް ކޯޓް ނިޒާމުގެ ތެރެއިން ހިނގާ ފަރުވާގެ ކަންތައްތައް ފަރުވާދޭ މަރުކަޒުތަކާއި ހަމަޔަށް ފޯރުކޮށްދިނުން.
  3. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިނގާ އެންމެހާ ޑިވިޝަން، ސެކްޝަން އަދި ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅިގެން އެފަރާތުން ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން ޤަވާޢިދާއި ޚިލާފް ކަންތައްތައް ކުރާ ފަރާތްތައް ޖަލުގައި ބަންދުކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެފަރާތްތަކުގެ މައްޗަށް ޑްރަގް ކޯޓު މެދުވެރިކޮށް ނެރެންޖެހޭ ޖަލަށްލުމުގެ އަމުރު ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  4. ޑްރަގް ކޯޓާއި، ދިވެހިރާއްޖޭގެ ޝަރުޢީ އެހެނިހެން ކޯޓުތަކާއި އަދި ޓްރައިބިއުނަލްތަކުގައި ނޭޝަނަލް ޑްރަގް އޭޖެންސީ ތަމްޞީލުކުރުން.
  5. މަސްތުވާތަކެއްޗާއި ގުޅުންހުރި ކަންތައްތަކުގައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުގެ ތެރެއިން ނޭޝަނަލް ޑްރަގް އޭޖެންސީއާއި ގުޅުންހުރި ސިޔާސަތުތައް ދެނެގަނެ، އެސިޔާސަތަކާއި ގުޅޭ މަޢުލޫމާތު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކަމާއިބެހޭ ޑިވިޝަން/ސެކްޝަންތަކަށް ފޮނުވުމާއި އެ ސިޔާސަތުތައް ޙާޞިލްކުރެވެމުންދާ މިންވަރު ބެލުން.
  6. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޛް ކުރަމުންދާ މިންވަރު ވަޒަންކޮށް ކަމާއިބެހޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް އެކުލަވާލުން.
  7. އަމިއްލަ ފަރާތްތަކާއި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ފަރުވާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފަރުވާއާއި ގުޅޭ ލީގަލް ކޮމްޕޯނެންޓްއާއި ގުޅޭ އެންމެހާ މަސައްކަތްތައް ލީގަލް ސެކްޝަނުން ކުރެވޭނެގޮތުގެ އެންމެހާ އިންތިޒާމްތަކާއި ގުޅޭ މަސައްކަތްތައް ކުރުން.
  8. ފަރުވާ އަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކުގެ ފަރުވާއާއި ގުޅިގެން ޑްރަގް ކޯޓަށް ފޮނުވަންޖެހޭ ފޯރމްތަކާ ލިޔެކިޔުންތައް ފޮނުވުމާއި، އެކަމާއި ގުޅިގެން އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީ/ފޯމްތަކަށް ލީގަލް ސެކްޝަނުން ޖަވާބުދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އެމަސައްކަތްކުރުން.
  9. ރާއްޖޭން ބޭރު ފަރުވާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކުގެ ލީގަލް ޕްރޮސެސްއާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް އެމަސައްކަތްތައް ހިނގާގޮތް ބެލެހެއްޓުން.
  10. ސަރުކާރުގެ މުވައްސަސާ ތަކުންނާއި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ކުށުގެ ރިކޯރޑް ސާފުކޮށްދިނުން.
  11. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ސަރުކާރުގެ އެކިއެކި މުވައްސަސާތަކުން ނޭޝަނަލް ޑްރަގް އޭޖްންސީއަށް ފޮނުވާ ސިޓީތަކުގެ ތެރެއިން ލީގަލް ސެކްޝަނާއި ގުޅޭ އެންމެހާ ސިޓީތަކަށް ޖަވާބު ދިނުން.
  12. ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން.
  13. ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ސުޕވައިޒްކުރުމުގެ މަސައްކަތްތަކާއި ޕާފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތް ރާވާ ހިންގުން.
  14. ނޭޝަނަލް ޑްރަގް އޭޖެންސީން އެކި ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުންތަކާއި އެމްއޯޔޫތައް ތައްޔާރުކުރުން.
  15. ލީގަލް ކްލިނިކްގެ ޚިދުމަތް ކްލައިންޓުންނާއި، ބެލެނިވެރިން އަދި އެކަމަށް އެދޭ އެހެނިހެން ފަރާތްތަކަށް ދިނުން.
  16. މަސްތުވާތަކެއްޗާއި ބެހޭ ޚާއްސަ ޤާނޫނުގެ ބެލެނިވެރި އިދާރާގެ ހައިޞިއްޔަތުން، އެ ޤާނޫނުގައި ބަޔާންކުރާ ކަންކަން، ދައުލަތުގެ ކަމާއިގުޅުންހުރި އިދާރާތަކާއި، ދައުލަތާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ފަރުވާދޭ މަރުކަޒުތަކާއި، ތަންފީޛު ކުރަމުންދާ މިންވަރު ބެލުމާއި، ޤާނޫނު ތަންފީޛު ކުރުމަށް ބާރުއަޅާ، މިކަންކަމާއި ގުޅޭ މަޢުލޫމާތު ޑިވިޝަން ހެޑް އަދިސީއީއޯގެ ސަމާލުކަމަށް ގެނައުމާއިއެކު ކަމާއި ގުޅޭ ރިޕޯޓްތައް އެކުލަވާލުން.
  17. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމު

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރާ(ރުފިޔާ)

ސާރވިސް އެލަވަންސް ދުވާލަކަށްޖެހޭ ރޭޓް x 30 ދުވަހަށް

ސްޕެޝަލް ޑިއުޓީ އެލަވަންސް

 

 

 

 

 

 

 

 

 

 

 

 

 

 

ސީނިއަރ ލީގަލް އޮފިސަރ

ސީ.އެސް. 11-2

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނައި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަހަކު 11,830.00 ރުފިޔާ

188.00

އަސާސީ މުސާރައިގެ 35%

 

މަޤާމުގެ ތައުލީމީ ރޮނގުތައް

ލޯ

ޝަރީޢާ އެންޑް ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Announcement/ViewDownloads/4

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ނޯޓް: މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

ޕްރެކްޓިކަލްސް (އިމްތިޙާނު/ ޕްރެޒެންޓޭޝަން)

30%

އިންޓަވިއު

30%

ޖުމްލަ

100%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހު 14:30 ގެ ކުރިން އީމެއިލް [email protected]މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 05 މޭ 2024 ،ނޭޝަނަލް ޑްރަގް އޭޖެންސީ ކ.މާލެ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ނޯޓް

ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 

                           24 އޭޕްރީލް 2024

                           15 ޝައްވާލް 1445

24 އޭޕްރިލް 2024
ހޯދާ