ދިވެހިރާއްޖެ
މާއެނބޫދޫ ފުޓްބޯޅަދަނޑުގެ އިންފާރު ރޭނުމާގުޅޭ
ދ.މާއެނބޫދޫ ފުޓްބޯޅަދަނޑު ބޮޑުކޮށް ސްޕޯޓްސް އެރީނާގެ ކޮންސެޕްޓްގެ ދަށުން ރަނިންގ ޓްރެކް ސަރަހައްދު ހިމެނޭގޮތަށް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމަށް ކުރި މިއިދާރާގެ ނަންބަރު: IUL)380/2015/17)ފ(30-03-2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚާއި، ގަޑިއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެ ތާރީޚާއި ސުންގަޑި:
- ތާރީޚު: 03 މޭ 2015 އާދީއްތަ ދުވަހުގެ 14:00 ގައި
- ތަން: މާއެނބޫދޫ ކައުންސިލްގެ އިދާރާގައި
- އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ސުންގަޑި:
- ތާރީޚު: 06 މޭ 2015 ބުދަ ދުވަހުގެ 14:00 ގައި
- ތަން: މާއެނބޫދޫ ކައުންސިލްގެ އިދާރާއަށް
- އިތުރު މަޢުލޫމާތު ސާފުކުރުމަށް 6760043 ، 7912787 ފޯނާ ގުޅުއްވުން އެދެމެވެ.
- ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބުތައް ހިފައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ރަޖަބު 1436