ދިވެހިރާއްޖެ
މި ސްކޫލުގެ ސްޓާފްރޫމްގައި މުވައްޒަފުންގެ ފާޚާނާއެއް އިމާރާތް ކުރުމާގުޅޭ
މި ސްކޫލުގެ ނަންބަރު GS-65-A/2015/05ފ(07 އެޕްރީލް 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ކަރުދާހުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތެއް ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. މި ސްކޫލުން ތަކެތި ދިނުމުން ސްޓާފްރޫމްގައި މުވައްޒަފުންގެ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މޭ 2015ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2015ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.
7 ރަޖަބު 1436