ދިވެހިރާއްޖެ
ފެލިދޫ އަތިރިމަތި ސަރަހައްދުތަކުން ވަގުތީ ބިން ދޫކުރުން
'ފެލިދޫ އަތިރިމަތިން ބިން ބޭނުންކުރުމާއި އަދި އެބިމުން ފީނެގުމާއިބެހޭ އުސޫލު" އަށް ބައެއް ބަދަލުތައް ގެނެސް ވަގުތީގޮތުން ދޫކުރާ ބިންތައް އިތުރުކޮށް މިކައުންސިލްގެ 2024 ވަނަ އަހަރުގެ 01 ވަނަ އާއްމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވަގުތީގޮތުން ދޫކުރުމަށް ފާހަގަކޮށްފައިވާ ބިންތައް ދައްކުވައިދޭ ޗާޓް މިއިޢުލާނާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަދި އަތިރިމަތިން ބިން ދޫކުރާ ގޮތާއި އެކަމަށް ފީނަގާގޮތުގެ ތަފްޞީލްތައް 'ފެލިދޫ އަތިރިމަތިން ބިން ބޭނުންކުރުމާއި އަދި އެބިމުން ފީނެގުމާއިބެހޭ އުސޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މިދެންނެވި އުސޫލު ފެލިދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އުސޫލުގެ ޖަދުވަލު 1 ގައިވާ "އަތިރިމަތިން ބިން ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރުއްވާ މިއިދާރާއަށް ހުށަހެޅުން އެދެމެވެ.