މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިވިލް އިންޖީނިއަރރިންގ ކޮންސަލްޓެންޓް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

ސިވިލް އިންޖީނިއަރިންގ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

35000.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. މާލެ، ހުޅުމާލެ އަދި ވިލިނމާލޭގައި އިމާރާތް ކުރުމުގެ ހުއްދައަށްއެދި ހުށައަޅާ ކުރެހުންތަކުގެ ސްޓްރަކްޗަރަލް މައްސަލަތައްބަލާ ރަނގަޅު ކުރެހުންތައް ފާސްކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން
 2. އިމާރާތް ކުރުމާއި ބެހޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ޤަވާދިތުތައް އިސްލާހު ކުރުމަށް ލަފަޔާއި އިރުޝާދު ދިނުން.
 3. ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި އެކުގައި ހުށަހަޅާ ފައުންޑޭޝަން އެކްސްކަވޭޝަން މެތަޑްތައްބަލާ އެކަށީގެންވާ ކުރެހުންތައް ފާސްކޮށް އެކަށީގެންނުވާ މެތަޑްގައިހުރި މައްސަލަތައް ރަނގަޅަށްލިޔެ އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގެ މަސައްކަތް ކުރުން.
 4. ސައިޓް ޗެކްކުރުމާއި، ސައިޓް ޕްލޭންގެ މިންތަކާއި، ސައިޓްގެ (ނުވަތަ ގޯތީގެ) މިންތައް ދިމާވޭތޯ ބެލުން.
 5. ވެންޓިލޭޝަނާއި، ޢިމާރާތުގެ އެކިއެކި ބައިތަކުގެ އުސްމިނާއި ބޮޑުމިން ޤަވާޢިދަށް ފެތޭތޯ ބެލުން.
 6. ޢިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތައްބެލުމާއި، ޢިމާރާތްކުރުމުގެ ޤަވާޢިދާ ޚިލާފުވާ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމުގެމަސައްކަތް ކުރިއަށް ގެންދިއުން.
 7. އިޤްތިޞާދީ މަސައްކަތްކުރުމުގެ ހުއްދައާއި، އެތަންތަނުގެ ދޮރުކެނޑުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންތައްތައް ބަލައި، ޤަވާޢިދުން ހުއްދަދޭންޖެހޭ ފަރާތްތަކަށް ހުއްދަދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.
 8. މާލެއާއި، ވިލިނގިލި ގޯތި ގޯއްޗާއި ތަންތަން ސާރވޭކުރުމާއި، ޗާޓް އަޕްޑޭޓް ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
 9. ގޯތިބައިކުރާ ޗާޓް ކުރެހުމާއި، އިންވަކިކޮށް މުޑި ބުރި ވަޅުލުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.
 10. މާލެ ވިލިނގިލި އަދި ހުޅުމާލޭގެ ގޯތި ގޯއްޗާއި ބިންބިމަށް ހަދައިދޭ ރަޖިސްޓަރީ ތަކުގެ ޑްރާފްޓް އައި ރަޖިސްޓަރީތަށް ޗެކްކުރުން.
 11. ރަޖިސްޓަރީއާއި ބެހޭގޮތުން ހުށަހެޅޭ އެކިއެކި މައްސަލަތައް ބެލުން.
 12. ޕީ.އެސް.އައި.ޕީ ގައި ނުހިމެނޭ ތަރައްޤީގެ މަޝްރޫއުތަކާއި އެއްގޮތަށް މާލޭގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.
 13. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ދިރިއުޅުމަށް ނުވަތަ ދިރިއުޅުން ނޫން ބޭނުމަށް ކުއްޔަށް ދިނުމުގެ ހުއްދައާއި ރަޖިސްޓްރީ ދޫކުރުން.
 14. މާލޭ ސިޓީކައުންސިލުން ކުއްޔަށްދޫކުރާ ތަންތަން ނުވަތަ ބިން ކުއްޔަށް ދިނުމުގައި ސަރުކާރުން ހަމަޖައްސަވާފައވާ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޓެންޑަރ އުސޫލުން ކަންތައްތައް ކުރިޔަށް ގެންގޮސް ނިންމުން.
 15. ޕްރޮޖެކްޓްތައް ޑިޒައިންކުރުމަށްފަހު ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓަށާއި،  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ހުށަހެޅުން.އަދި ހިގަމުންދާ ޕްރޮޖެކްޓް ނިމުމުން ޕްރޮޖެކްޓް ކޮމްޕްލީޝަން ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން.
 16. ޕީ.އެސް.އައި.ޕީ ގެ ދަށުން މާލޭ ސިޓީކައުންސިލަށް ކަނޑައެޅޭ ޕްރޮޖެކްޓްތައް ހިންގުން.
 17. މާލެ އާއި ވިލިމާލޭގައި ހުރި ސަރުކާރުގެ ބެލެމުގެ ދަށުން ހިންގާ ފްލެޓްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން
 18. މާލޭގެ ބިމުގެ ދަފްތަރު ބެލެހެއްޓުމާއި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 މޭ 2024 ގެ 14:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                   15 ޝައްވާލް 1445
24 އޭޕްރިލް 2024
ހޯދާ