މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރބަން ކޮންސަލްެޓެންޓް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

އަރބަން ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

35000.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ސިޓީކައުންސިލްގެ ޒިންމާގެ ދަށުގައި ހިމެނޭ މާލެ ،ވިލިމާލެ އިތުރަށް ތަރައްގީކޮށް، އެތަންތަނުގައި ދިރިއުޅޭ ރަށްވެހިންނަށް ރަގަޅު ވެއްޓެއް ޤާއިމްކޮށްދިނުމަށްޓަކައި ހިންގިދާނެ ޕްރޮޖެކްޓްތައް ދަނެގަނެ، އެކަމުގެ ލަފައާއި އިރުޝާދު ކައުންސިލްގެ އިދާރާއަށް ދެމުން ގެންދިއުން.
 2. މާލެ، ވިލިމާލެގައި ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލް ތައްޔާރުކޮށް، އެކަމަށް ބޭނުންވާ ފަންޑް ހޯދުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި، ރާއްޖޭއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 3. މާލޭ ސިޓީ ކައުންސިލުން ހިންގުމަށް ރާވާ ޕްރްޖެކްޓްތައް ޑިޒައިން ކުރުމާއި އަދި ކައުންސިލަށާއި އަދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓް ޗާޓަރ އެކުލަވާލުމުގެ މަސައްކަތްކުރުން.
 4. ސިޓީ ކައުނސިލުން ރާވާ ހިންގާ ޕްރޮޖެކްޓްތަކުގެ މަސައކަތްތައް ކުރިއަށް ގެންދާނެގޮތުގެ  ވާރކް ބްރޭކް ޑައުން ތައްޔާރުކޮށް، މިގޮތުން ތައްޔާރުކުރާ  ވާރކް ބްރޭކް ޑައުންއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
 5. ސިޓީކައުންސިލުން ރާވާ ހިންގާ ޕްރޮޖެކްޓް ސައިޓްތަކަށް ޤަވާއިދުން ޒިޔާރަތްކުރުމާއެކު، އެތަންތަނުން ކުރަމުންގެންދާ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ދިމާވާ މައްސަލަތަކަށް ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްގެ ލަފާގެ މަތިން އަޅަމުން ގެންދިއުން.
 6. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގައި ފަންނީގޮތުން ދިމާވާ ގޮންޖެހުންތައް ދަނެގަނެ، އެފަދަ ގޮންޖެހުންތަކަށް ހޯދަންޖެހޭ ހައްލުތައް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 7. ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ރާވާ ހިންގާ ޕްރޮޖެކްޓްތަކާއި އަދި ނިންމާ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވިގޮތެއްގައި  ބެލެހެއްޓުމަށްޓަކައި މޮނިޓަރިން މެކޭނިޒަމްއެއް އެކުލަވާލުން.
 8. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި އަދި ނިންމާ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވި ގޮތަކަށް މޮނިޓަރ ކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދެނެގަނެ  އެޗް.އާރު ސެކްޝަނާއި ގުޅިގެން އެފަދަ މުވައްޒަފުން ތަމްރީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
 9. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖްކްޓްތަކާއި ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެފަދަ ބައްދަލުވުންތަކުގެ ނިންމާ ނިންމުންތައް ކައުންސިލް މެމްބަރުންނަށް ހިއްސާކުރަމުން ގެންދިއުން.
 10. ޕްރޮޖްކްޓްތައް ހިނގަމުންދާއިރު ސްޓޭކް ހޯލްޑާސްމެދުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އިތުރަށް ދިރާސާކުރުމުގެ މަސައްކަތްކުރުމާއި އަދި އެކަންކަމުގައި ކަމާބެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ހައްލުކުރުމަށްޓަކައި އެފަރާތްތަކުގެ މެދުގައި ބާއްވަންޖެހޭ ބައްދަލުވުންތަށް ބާއްވައި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުން.
 11. ޕްރޮޖްކްޓްތައް ހިނގަމުންދާއިރު ޝާމިލްވާ މުވައްޒަފުންނަށް ދުވަހުން ދުވަހަށް ހަވާލުކުރަންޖެހޭ ޒިންމާތައް ހަވާލުކޮށް މުވައްޒަފުން މަސައްކަތް ކުރަމުންގެންދަނީ ރަގަޅަށްތޯ ބަލައި، މަސައްކަތް ހަލުވިކުރުމަށްޓަކައި ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުމާއިއެކު މުވައްޒަފުންގެ މެދުގައި މަސައްކަތުރޫހް އާލާކުރުން.
 12. ޕްރޮޖެކްޓް ތަކުގެ މަސައްކަތްކުރިއަށްދާއިރު، އަންނަ ވޭރިއޭސަންތައް ދަނެގަނެ އިތުރަށް ދިރާސާކުރުމާއެކު، އެކަމަށް ބޭނުންވާ އިތުރު ފަންޑް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 13. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގައި ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް ދަނެގަނެ، އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ލީގަލް ސެކްޝަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުން.
 14. ސިޓީ ކައުންސިލް އިދާރާއިން ހިންގާ ޕްރޮޖްކްޓްތަކުގައި ދިމާވެދާނެ ރިސްކުތައް ދުރާލާ ދެނެގަނެ، ރިސްކު މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމާއިއެކު، މިފަދަ ރިސްކުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކައުސިލަށްދޭންޖެހޭ ލަފައާއި އިރުސާދު ދެމުން ގެންދިއުން.
 15. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ގުޅިގެން ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި، މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި އަދި އެނުއަލް ރިޕޯރޓް  ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
 16. ސިޓީ ކައުންސލުން ރާވާ ހިންގާ ޕްރޮޖެކްޓް ތަކުގައި ޝާމިލްވާ އެންމެހާ މުވައްޒަފުންނާއި ގުޅުންހުރި އިދާރީގޮތުން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާ ހިންގުން.
 17. މާލޭ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ޕާރކުތަކާއި ހުސްބިންތައް ހެޔޮގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއެކު އެކަންކަމުގެ ލަފައާއި އިރުސާދު ކައުންސިލަށް ދެމުން ގެންދިއުން.
 18. މާލެ، ވިލިމާލެގެ ބިންތައް ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަނެ ޕްލޭން އެކުލަވާލުމުގެ ކުރިން އާބާދީ އަށް އަންނަމުންދާ ބަދަލުތަކާއި، ދިރިއުޅުމުގެ ހާލަތާއި، ރާއްޖޭގެ އިގުތިޞާދީ ދުވެލި ހުރި މިންވަރާއި އަދި މިނޫންވެސް އާއްމު ޙާލަތު ދެނެގަތުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކާއި ގުޅިގެން އެއްކުރަންޖެހޭ މައުލޫމާތު އެއްކުރުމުގެ އެއްމެހާ މަސައްކަތްތައް ރާވާ ހިންގުން.
 19. މާލެ، ވިލިމާލެގެ ބިންތައް ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ޕްރޮޕޯސަލް ތައްޔާރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި އާއްމު ފަރުންނާއި، ސިޔާސީ ފަރާތްތަކާއި، ޤާނޫނީ ބޭފުޅުންނާއި އަދިވެސް ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންގެ ލަފައާއި އިރުޝާދު ހޯދުން.
 20. ލޭންޑް ޔޫސް ޕްލޭނާއި ގުޅޭ ޕޮލިސީސް ތަކާއި ޕްރޮގްރާމްތައް ކައުސިލްގެ ލަފާގެމަތިން  އެކުލަވާލުން.
 21. މާލެ، ވިލި މާލެގެ ބިންތައް ބޭނުންކުރެވިދާނެގޮތްތަކާއި ބެހޭގޮތުން މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ރާވާ ހިންގުން.
 22. މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައާއި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަަކައި، މިހާރު ހުރި ހުސްބިންތައް ބޭނުންކޮށްގެން މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ކައުންސިލާއި އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާހިންގުން.
 23. މާލެ، ވިލިމާލެ ބިންތައް ބޭނުންކުރާނެ ގޮތްތަކާއި ބެހޭގޮތުން އެކުލަވާލާފައިވާ ޕްލޭންތައް އަލުން ދިރާސާކޮށް، އެބިންތައް ހެޔޮގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ގެނެވިދާނެ ބަދަލުތައް އިތުރަށް ދިރާސާކުރުމާއިކު، ކައުސިލާއި، ޕްލޭނިންގ މިނިސްޓްރީއާއި އަދިވެސް އެނޫންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާ ހިންގުން.
 24. މާލެ، ވިލިމާލެ ހުސްބިންތައް ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ތައްޔާރުކުރާ ޕްލޭންތަކާއި،ޕްރޮޕޯސަލްތަކާއި އަދި ދިރާސާތަކުން ހޯދާ ހޯދުންތައް އާއްމުންނާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި އަދި ތަފާތު ޖަމާއަތް ޖަމާއަތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ބާއްވަންޖެހޭ ބައްދަލުވުންތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ރާވާހިންގުން.

މަޤާމުގެ ޝަރުޠުތައް:

 1. ޑިގްރީ އިން ސޯޝަލް ސައިންސް / އަރބަން ޕްލޭނިންގ / އާކިޓެކްޗަރ ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 މޭ 2024 ގެ 14:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                    15 ޝައްވާލް 1445
24 އޭޕްރިލް 2024
ހޯދާ