ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ 23 އޭޕްރިލް 2024 ދުވަހުގެ ނަންބަރު213-AC/INDIC/2024/166 ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ދިވެހިރާއްޖޭގެ ސިނާއަތުގައި ހަރަކާތްތެރިވާ ބިދޭސީން މަދުކުރުމާއި ދިވެހި ޒުވާނުން ތަމްރީންކޮށް، އެޒުވާނުންނަށް ސިނާއަތުގައި ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2025 ވަނަ އަހަރުގެ ޖެނުވަރީ އިންޓޭކް ފެށުމަށްޓަކައި ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާތަށް ދެނެގަތުމަށް އެ އިންސްޓިޓިއުޓުގެ ފަރާތުން ބޭނުއްވެއެވެ. އެގޮތުން ޒުވާނުންގެ ތެރެއިން ވަޒީފާ ތަކުގައި އުޅޭ ފަރާތްތައް އަދި އެއްވެސް ވަޒީފާއެއް އަދާނުކުރާ ފަރާތްތައް ދެނެގަތުމަށް އިންސްޓިޓުއުޓް ފަރާތުން ޑޭޓާބޭސް އެއް އެއްކުރުމަށް ބޭނުއްވެއެވެ.
ވީމާ، މި މަޢުލޫމާތު އެއް ކުރުމަށްޓަކައި ތިރީގައި އެވާ ޤޫގުލް ފޯމް ލިންކު 18 އަހަރާއި 45 އަހަރާއި ދޭތެރޭގެ ޒުވާނުން ފުރާދެއްވުން އެދި ދެންނެވީމެވެ.
ޤޫގުލް ފޯމް ލިންކު: https://shorturl.at/AJKO3