މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް

ރާއްޖޭގެ ކަންކޮޅުތަކުގައި ކުންފުނި އިންޖިނިއަރުންތަކެއް ކަނޑައެޅި، އިންޖިނިއަރުން މެދުވަރިކޮށް ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް، ކުންފުނިން ވިއްކަމުންގެންދާ އާލާތްތައް އިތުރަށް ވިއްކުމަށް ބާރުއެޅުމަށްޓަކައި ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް ބޭނުންވާތީ މީގެ ކުރިންވެސް ވަނީ އިޢުލާން ކުރެވިފައެވެ. ނަމަވެސް، ބައެއް އަތޮޅުތަކުން އަދިވެސް ސެޓިފައިޑް އެންޖިނިއަރުން ހަމަޖެހިފައިނުވާތީ އެއަތޮޅުތަކުން މިކަމަށްބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިއިންޖިނިއަރުންނަކީ ކުންފުނީގެ މުވައްޒަފުން ނޫންކަމާއި މިފަރާތްތައް ވާނީ ކަނޑައެޅޭ އަތޮޅުތަކުގައި ކުންފުނި ތަމްސީލުކުރާ ފަރާތްތަކެއްގެ ގޮތުގައެވެ.

  • ސެޓިފައިޑް އިންޖިނިއަރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅު:

އަތޮޅު

ތ

ފ

މ

ސ

 

 

 

  • ސެޓިފައިޑް އިންޖިނިއަރުން ހޮވުމުގައި ބަލޭނެ ކަންތައް:
    • އިންޖިނިއަރުންގެ އުމުރަކީ 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސް ފަސް) އަހަރާ ދެމެދުގެ އުމުރު
    • އެންމެ މަދުވެގެން އިންޖިނިއަރުންގެ ކިބައިގައި 3 (ތިން) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
    • އިންޖިނިއަރެއްގެ ގޮތުގައި ފުލްޓައިމްކޮށް އުޅޭ ފަރާތަކަށްވުން
    • ވާރކްޝޮޕެއް ނުވަތަ އެފަދަ ވަސީލަތްތަކެއް ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
    • އިންބޯޑް އަދި އައުޓްބޯޑް މިދެބާވަތުގެ އިންޖީނު މަރާމާތުކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 05 މޭ 2015 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ 3314050 މިނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. ސެޓިފައިޑް އިންޖިނިއަރުންކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ އަދި މިފޯމު ކަށަވަރު ޝޯރޫމުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7908484 އާ ގުޅުއްވުން އެދެމެވެ.

02 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ