ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އޮތޯރިޓީއަށް 4 ލެޕްޓޮޕް ގަތުމަށް ބޭނުންވެއެވެ.
މިގޮތުން ގަންނަން ބޭނުންވަނީ މި އިޢުލާނާ އެކުގައިވާ ސްޕެސިފިކޭޝަންތަކުގައިވާ 4 ބާވަތުގެ ލެޕްޓޮޕް އެވެ. މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދޭ އުސޫލުންނެވެ. މައުލޫމާތު ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ. (އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މިނިމަމް ރިކުއަރމަންޓް ފުރިހަމަ ނުވާނަމަ އިވެލުއޭޝަނަށް ކޮލިފައި ނުވާނެއެވެ.) ޕްރޮޕޯސަލް ބަލައިގަތުން:ފައިލް ފޯމެޓް: މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ޕީޑީއެފް ފޯމެޓް (ޕާސްވޯޑް ޕްރޮޓެކްޓަޑް) ގައި.ޕްރޮސަލް އީމެއިލްކުރަންޖެހޭ އެޑްރެސް: [email protected] ސުންގަޑި: 01 މެއި 2024 2024 ދުވަހުގެ ރޭގަނޑު 23:59:59 ގެ ނިޔަލަށް. ޕްރޮޕޯސަލް ހުޅުވުންއެޑްރެސް: މއ. އުތުރުވެހި/ 5 ވަނަ ފަންގިފިލާ / ކެނެރީމަގު ތާރީޚާއި ގަޑި: 02 މެއި 2024 ދުވަހުގެ ހެނދުނު 10:00ގައިޕާސްވޯޑް ހިއްސާކުރުން : ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެ ޕާސްވޯޑް ހިއްސާކުރަންވާނެއެވެ. ނޯޓް: އަދި ދެންނެވި ބިޑް އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ އަދި ބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ފޯނު ނަމްބަރު: 3336619 އަށް ގުޅުއްވުން އެދެމެވެ.
24 އޭޕްރިލް 2024
ހޯދާ