މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު PC/308/2024/04

މިކައުންސިލްގެ ނަންބަރު (IUI)308/2024/12 އާއި (IUI)308/2024/17 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އަމިއްލަތަކެތީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަސައްކަތްތައް

1- ގޭޓް ލައިޓް ބަދަލުކުރުމާއި ދިއްލުން، (ޖުމްލަ 6 ލައިޓް)

2- މަސްޖިދުލް ޢުލާގެ ދެކުނު ފަރާތުގު ބަގީޗާގައި 4 ގާޑޭންލައިޓް ހަރުކުރުމާއި ޑީ ބޯޑަށް ކަރަންޓުވައިރިން އެޅުމާއި ދިއްލުން. (

3- ކުރިން ޖަހާފައިހުރި 7 ގާޑަންލައިޓް ބަދަލުކޮށް ކަރަންޓު ގުޅައި ދިއްލުން. (ޑީބޯޑާއި ގާޑަންލައިޓް ޖަހާ ސަރަޙައްދާ ހުރި ދުރުމިން. 110ފޫޓް)

4- މަސްޖިދުލް އުލާ އަދި މަސްޖިދުލް އަމާނާގެ ވުޟޫކުރާ އިސްކުރުބަރި އާއި ފާޚާނާގެ ތަޅުމުގައި ގުރައުޓްއެޅުން.

5- މަސްޖިދުލް އުލާގެ އަންހެން ފާޚާނާ ބަރީގެބޭރު ބޮޑު ދޮރާއި ދޮރުފަތް އެލްމެނިއަމަށް ބަދަލުކޮށް ހަރުކުރުމާއި ތަޅުލެވޭގޮތް ހެދުން. ދޮރު އޮޅީގެ ސައިޒް. ((6’.10’’x2’.7.5’’

6- މަސްޖިދުލް އުލާގެ ފިރިހެން ފާޚާނާ ބަރީގެ އިރުމަތީ ކޮޅު ފާރުން ފެންލައިޓަށް ކަނޑައި ކަތިފިލާ ލައްވައިގެން އެލްމެނިއަމް ފެންލައިޓެއް ހަދާ، ފެންލައިޓް ހަރުކުރުން،  އޮޅީގެ ބޮޑުމިން 24’’x14’’

ރަޖިސްޓްރީކުރުން

2024 މެއި 01 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މިސްކިތްތައް މަރާމާރުކުރުމުގެ ބިޑުގައި ރަޖިސްޓްރީވާން އެދޭ ފޯމް  

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 މެއި 01 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2024 މެއި 02 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މިސްކިތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި''

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %75

- މުއްދަތު %20

- ތަޖުރިބާ %5

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  3. ތަޖުރިބގެ މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 އޭޕްރިލް 2024
ހޯދާ