ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ ފެރީ ޓާމިނަލްގެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރުން

އިޢުލާން

ތިނަދޫ ސިޓީގެ ފެރީ ޓާމިނަލްގެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރުން

ތިނަދޫ ސިޓީގެ ފެރީ ޓާމިނަލުގެ މަރާމާތްތަކާއި މަސައްކަތްތައް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް ((IUL)415/415/2024/13) ހުށަހަޅާފައިވާ ބީލަންތައް، މިމަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމަށް ފެންނާތީ، މި އިޢުލާނު ބާތިލުކޮށް މިމަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވެ، ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނެއް 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 10:00 ތިނަދޫ ސިޓީ ކައުންސިލްގެ މީޓިންގް ރޫމްގައި އޮންނާނެއެވެ. އަދި މި މަސައްކަތައް ބީލަން ހުށަހެޅޭނީ، މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް ދުވަސް ގަޑި ތަން

މަޢުލޫމާތު ސާފްކުރުން 30 އޭޕްރީލް 2024 އަންގާރަ 10:00 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

ބީލަން ހުށަހެޅުން 09 މެއި 4202 ބުރާސްފަތި 13:00 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

15 ޝައްވާލް 1445

24 އެޕްރީލް 2024

24 އޭޕްރިލް 2024
ހޯދާ