ދިވެހިރާއްޖެ
ސެކިއުރިޓީ ރޫމް އިމާރާތްކުރުން:
މި މަރުކަޒުގެ ސެކިޔުރިޓީ ރޫމެއް އިމާރާތްކުރަން ބޭނުންވެއެވެ. ސެކިޔުރިޓީ ރޫމް އިމާރާތްކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަރުކަޒުގެ ނަންބަރު GS24/IUL/2015/10ފ(23 ފެބުރުވަރީ 2015) ގައި ކުރެވުނު އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 05 މޭ 2015 (އަންގާރަ) ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި  | 
 12 މޭ 2015 (އަންގާރަ) ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި  | 
08 ރަޖަބު 1436
