މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހުރި ބައެއް ތަކެތި ނީލަން ކިއުމާބެހޭ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން:

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް، 25 އޭޕްރިލް 2024 ވާ ބުރާސްފަތި  ދުވަހުގެ އެގާރަ ގަޑި ސުންމިނެޓް (11:00) ގެ ކުރިންނެވެ.

 

https://forms.office.com/r/C62pLLcE06

 

ނީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

ނީލަން ކިޔުން

ނީލަން ކިޔުން ކުރިއަށްދާނީ 25 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މިކުންފުނީގެ އޮފީހު (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގައެވެ.

 

ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ނީލަމުގައި ބައިވެރިވުމަށް ޙާޟިރުވާއިރު، އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް ގެންނަވަންވާނެއެވެ.

 

ނީލަން ކިޔުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

24 އޭޕްރިލް 2024
ހޯދާ