ދިވެހިރާއްޖެ
ނަންބަރ: (IUL)241-A/241/2024/13
އިއުލާން
ގއ.އަތޮޅު ސްޓޭޓްހައުސްގައި ބޭނުންކުރަމުންދާ އޭސީތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާގެ ނަންބަރ: (10 - 03 – 2024 ) (IUL)241-A/241/2024/9އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބް ހުށަހަޅާފައިނުވާތީ އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2024ވާ އާދީއްތަ ދުވަހުގެ 13:00އަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް ( [email protected] ) އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ:
- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީމެއިލް އެޑްރެސް :
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އޭސީތަކާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީބިޑް މީޓީންގ އޮންނާނީ 02 މޭ 2024 ވާ ބުރާސްފަތި ދުވަހު 13:00ގައެވެ. ގއ.އަތޮޅުކައުންސިލްއިދާރާގައެވެ. މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބްތައް 09 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ އަންދާސީ ހިސާބްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް ގެޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް
- ހުށަހަޅާ އަގަށް %60
- މުއްދަތަށް
- ލިބިފައިވާ ތަޖުރިބާ އާއި ގާބިލް ކަމަށް %20
- މާލީ ތަނަވަސްކަން
( މާލީ ތަނަވަސްކަންހުރިކަމަށްބަލައިގަނެވޭނީ ހުށަހަޅަފަރާތުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރަންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންންނެވެ. އިޢުލާނުގައި ޕޮއިންޓްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަދިގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
14 ޝައްވާލް 1445
23 އެޕްރީލް 2024