މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ 02 ވަނަ މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

                                                       (IUL)307/INDIV/2024/38:ނަންބަރު

 2024 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 2 ވަނަ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި ވަކި ވަކި މަދަހަ އަދި ގްރޫޕް މަދަހަ ހުށައަޅަން ބައިވެރި ވުމުގެ ފުރުސަތު އޮންނާނެއެވެ.

އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2024 މެއި 02 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި  ބައިވެރިވުމަށް އެދޭ ގޫގަލް ފޯމް އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އާންމު ކުރީމެވެ.

ފޯމް: https://docs.google.com/forms/d/e/1FAIpQLSfz7Lk15qCplIfXTgTCkWOhrsc7vILo9EH_Mio6NGDVLFlABA/viewform?usp=sharing

ޤަވާއިދު: https://drive.google.com/file/d/1elyD4yB9Ki5n8dmZn-lusrcjDtTz91gT/view?usp=sharing

މުބާރާތުގެ  އުމުރުފުރާތައް:

އުމުރުފުރާ

#

6 އަހަރުން ދަށް

1

9 އަހަރުން ދަށް

2

12 އަހަރުން ދަށް

3

15 އަހަރުން ދަށް

4

18 އަހަރުން ދަށް

5

30 އަހަރުން ދަށް

6

45 އަހަރުން ދަށް

7

45 އަހަރުން މަތި

8

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޭޕްރިލް 2024
ހޯދާ