ދިވެހިރާއްޖެ
މިކައުންސިލް ގެ ފަރާތުން 2024 ވަނަ އަހަރުގެ މެއި މަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ވޮލީ މުބާރާތުގެ ރެފްރީކަން ކޮށްދޭ ފަރާތްތައް ރަށަށް އަންނަ ދުވަހުންފެށިގެން އެނބުރި ރަށުން ފުރާ ދުވަހާ ހަމައަށް ކާންދިނުމުގެ ކަންތައްތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދަމަށް ކުރެވިފައިވާ ނަންބަރު (IUL)316/316/2024/39 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ މި އިއުލާން ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަންބަރު 6600053 ފޯނާ ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިދާރާއަށް ކޮޓޭޝަން ހުށަހެޅުން އެދެމެވެ. އަދި ކޮޓޭޝަން ހުށަހަޅާ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ނުވަތަ ވިޔަފާރިއެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަންއާއެކު ހުށަހަޅަންވާނެ އެވެ. އަދި ކޮޓޭޝާން ފޯމް (އަގު ހުށަހަޅާ ފޯމް) ބޭނުންވާ ފަރާތްތަކަށް މި ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ކޮޓޭޝަން/ އަގުހުށަހަޅާ ފޯމު އީމެއިލް ކުރާފަރާތްތަކުން އީމެއިލް ކުރާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.