ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/30 (10 މާރިޗު 2024) އަދި (IUL)14-E1/1/2024/33 (21 މާރިޗު 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ބޭއްވުނު އިމްތިޙާންގެ ނަތީޖާ، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މި އިމްތިޙާނުން %50 އަށް ވުރެ މަތިން މާކްސް ލިބިގެން ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އެ ޓެސްޓު ބާއްވާނެ ތާރީޚާއި، ތަަނާއި އަދި ގަޑި މި އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރެވިފައި ވާނެއެވެ. އަދި ފިޒިކަލް ފިޓްނަސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި (https://www.customs.gov.mv/Media/Documents/careers) އާންމުކުރެވިފައިވާނެކަން މައުލޫމާތައްޓަކައި ދަންނަވަމެވެ.
މިހާރު އާންމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، 24 އެޕްރީލް 2024 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.