މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

މުރައިދޫ ސްކޫލް

ހއ މުރައިދޫ، ދިވެހިރާއްޖެ 

  (IUL)GS83/2024/07:އިއުލާނު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން 01 މެއި 2024 އިން 30 އޭޕްރީލް 2025 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރަމެވެ. މިމަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އެޕްރީލް 2024 އިން 28 އެޕްރީލް 2024 ގެ ނިޔަލަށް މުރައިދޫ ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުމަށް ދަންނަވަމެވެ.

މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29އޭޕްރީލް 2024 ވަނަ ދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

ބިޑް ހުޅުވުން އޮންނާނީ 02 މެއި ވަނަދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ހއ މުރައިދޫ ސްކޫލް

މުރައިދޫ، ދިވެހިރާއްޖެ

ފޯން:  6500537

އީ-މެއިލް: [email protected]

 

23 އޭޕްރިލް 2024
ހޯދާ