މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން

މިކައުންސިލްގެ ފަރާތުން މިރަށު ހުކުރުމިސްކިތް މަސްޖިދުލްސިޔާދާތުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކުރުމަށް ނިންމުމާ ގުޅިގެން ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މޭ 2015 ވާ (ހޯމަ) ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ފޯން ނަންބަރު 6600051 އާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މޭ2015 ވާ (ބުރާސްފަތި) ދުވަހުގެ 11:30 އަށް އަންދާސީހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މިއިޢުލާންގެ ނަންބަރާއެކު " ކަމަދޫ ހުކުރުމިސްކިތުގެ މަސައްކަތުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މިސްކިތުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުން.

2. މިސްކިތުގެ އެތެރެއާއި ބޭރުގެ ކަރަންޓް ނެޓްވާރކް ބަދަލުކުރުން.

3. މިސްކިތުގެ އެތެރޭގެ ދިއްލުންތަކަށް 12 ޑައުންލައިޓް އިތުރު ކުރުން.

4. މިސްކިތުގެ ބޭރުގެ ފަންކާތައް އައު ފަންކާއަށް ބަދަލުކުރުން.

5. މިސްކިތުގެ ވަށައިގެންވާ ފެންޑާގެ ދިއްލުންތަކަށް ބޭނުންކުރާ ޑައުންލައިޓްތައް އައު ޑައުންލައިޓަށް ބަދަލުކުރުން.

6. މިސްކިތުގެ ފަންކާ އަދި ލައިޓް ސުވިޗްތައް އައު ސުވިޗަށް ބަދަލުކުރުން.

7. މިސްކިތުގެ ސައުންޑް ސިސްޓަމްގެ ކޭބަލްތައް ބަދަލުކުރުން.

8. މިސްކިތުގެ މައްސަލަ ޖެހިފައިވާ އިމަރޖެންސީ ލައިޓް އައު ލައިޓަށް ބަދަލުކުރުން.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ރަޖަބު 1436

27 އޭޕްރިލް 2015
ހޯދާ