ދިވެހިރާއްޖެ
މި އިދާރާގައި ބެލުމުގެ ދަށުގައިވާ "ފާދިއްޕޮޅު އަތޮޅުގެ" އިރުމަތީ ބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް 2015 އެޕްރީލް 6 ވަނަ ދުވަހު ކުރެވުނު IUL)231-ED/231/2015/25) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިމަންޓް ބައްލަވައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.
ޕްރީބިޑް މީޓިންގ 05 މޭ 2015 ވަނަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
|
ބިޑް އޯޕަން މީޓިންގ 10 މޭ 2015 ވަނަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
ޕްރީބިޑް ޑޮކިޔުމެންޓް ވިއްކާ އަގަކީ -/30ރ އެވެ. ބިޑް ޑޮކިޔުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 28 އެޕްރީލް 2015 ވަނަ ދުވަހުގެ 9:00 ން ފެށިގެން 07 މޭ 2015 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ބިޑް ޑޮކިއުމެންޓް ވިއްކާނީ ބަންދުނޫން ދުވަސްދުވަހުގެ 09:00 އިން 12:30 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑް ބައްލަވައިގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިއީ، މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރެވޭ ތިންވަނަފަހަރު ކަމަށްވާތީ، މިފަހަރު އެންމެ ފަރާތަކުން ބިޑު ހުށަހެޅި ކަމުގައި ވިޔަސް، އެކަށީގެންވާ އަގެއްނަމަ، އެފަރާތަކާ މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި ކުރިން ބިޑު ގަނެފައިވާ ފަރާތްތަކުން އަލުން މި ބިޑު ގަންނަން ނުޖެހޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމަވެ.