ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމު: |
ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުއްދަތު: |
ޑިރެކްޓަރ ޖެނެރަލް އެ މަޤާމުގައި ދެމިހުންނާނީ އޭނާ ޢައްޔަންކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު (2024/2)ގެ 22 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން ވަކި ކުރެވޭ ފަރާތެއް ފިޔަވައި އެހެން ކޮންމެ ފަރާތެއް، އިތުރު 2 (ދޭއް) ދައުރަށް ޢައްޔަންކުރުމުގެ ފުރުސަތު އޮންނާނެއެވެ. |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ |
މުސާރަ: |
17100.00 ރުފިޔާ |
އެގްޒެކެޓީވް އެލަވަންސް: |
11400.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
(ހ) މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ބެލެވޭ ޙާލަތުގައި، އެ ކަންކަން ބަލައި ތަޙްޤީޤުކުރުމާއި އެ ބޭނުމަށްޓަކައި ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުމާއި، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމާއި، ލިޔެކިޔުންތައް ހޯދުމާއި ހުށަހެޅުމަށް އެންގުން. (ށ) ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަމެއް ކުރުމަށް، ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ނުވަތަ ކަމެއް ރަނގަޅުކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން. (ނ) ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުން. 6. މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކުރާ އެނޫންވެސް ކަންކަން ކުރުން. 7. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަށް ހެދޭކަން ކަށަވަރުކުރުން. 8. ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ހަމަހަމަކޮށް މަސައްކަތްތައް ބަހާލައިގެން ކުރިއަށްގެންދެވޭނެގޮތަށް މަސައްކަތްތައް ރާވައިހިންގައި ބެލެހެއްޓުން. |
ތަޢުލީމީ ފެންވަރާއި މަސައްކަތުތަޖުރިބާ |
ކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، ކަމާ ގުޅުންހުރިދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ޝަރުޠުތައް: |
|
ތަޢުލީމީ ރޮނގުތައް: |
- އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ - އެންވަޔަރމެންޓަލް ހެލްތު - އިންޑަސްޓްރިއަލް ހައިޖީން - މެނޭޖްމަންޓް |
މަސައްކަތުގެ ތަޖުރިބާ ގުނުމުގައިބަލާނެ ދާއިރާތައް: |
- އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ - އެންވަޔަރމެންޓަލް ހެލްތު - އިންޑަސްޓްރިއަލް ހައިޖީން - މެނޭޖްމަންޓް - އެމަރޖެންސީ ރެސްޕޮންސްގެ މަސައްކަތްތައް - އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއާއި ގުޅޭ ޓްރެއިނިންގ އަދި އިންވެސްޓިގޭޝަންސްގެ މަސައްކަތްތައް - ސޭފްޓީ މެޓީރިއަލްސް މެނޭޖްކޮށް އަދި ސޭފްޓީ މެޓީރިއަލްސް އާއި ގުޅޭ ޕްރޮގްރާމް ހިންގާފައިވުން - އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއާއި ގުޅޭ ރިކޯޑުތަށް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2024 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުމާއި އެހެނިހެން ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. |
އެހެނިހެން:
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 އޭޕްރީލް 2024 އިން 30 އޭޕްރިލް 2024 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026950 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |