ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އިދާރާއިން ދޭ ރިކްއަމެންޓާ އެއްގޮތަށް 3 ދުވަހުގެ މުއްދަތަށް ފޮޓޯ ސްޓޯޑިއޯއެއްގެ ވަގުތީ ސެޓަޕެއް އަމިއްލަ ތަކެތީގައި މި އިދާރާގައި ގާއިމްކޮށްގެން ފޮޓޯ ނަގައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

             މި އިދާރާއިން ދޭ ރިކްއަމެންޓާ އެއްގޮތަށް 3 ދުވަހުގެ މުއްދަތަށް ފޮޓޯ ސްޓޯޑިއޯއެއްގެ ވަގުތީ ސެޓަޕެއް އަމިއްލަތަކެތީގައި މި އިދާރާގައި ގާއިމްކޮށްގެން ފޮޓޯ ނަގައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

             ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

https://forms.office.com/r/Bx2mdhMvuj

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 28 އެޕްރީލް  2024 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިންނެވެ.

 މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިއެވަނީއެވެ.

ޕްރީބިޑް މީޓިން އަދި ބީލަމާގުޅޭ މަޢުލޫމާތު ފޮނުވުން

ޕްރީބިޑް މީޓީންގ އޮންނާނީ 29 އެޕްރީލް 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި،

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

05 މެއި 2024 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި. 

 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގ އަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

20 އޭޕްރިލް 2024
ހޯދާ