މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތް ކުރުމަށް

ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތް ކުރުމަށް މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/65ފ(19 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު މިނިސްޓްރީން އަންދާޒާކޮށްފައިވާ އަގަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލުކޮށް ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ 11:00އަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށާއި ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 17 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށާއި ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436       

28 އޭޕްރިލް 2015
ހޯދާ