މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޅ.އޮޅުވެލިފުށީ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް ޅ. އަތޮޅު ހޮސްޕިޓަލް ނަންބަރު IUL LHAH-AH/LHAH/2015/7ފ(3 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު މިނިސްޓްރީން އަންދާޒާކޮށްފައިވާ އަގަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލުކޮށް، ޅ. އޮޅުވެލިފުށީ މަރާމާތުކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 11 ވާ ހޯމަ ދުވަހުގެ 13:30އަށް ޅ. އަތޮޅު ހޮސްޕިޓަލަށާއި ޅ. އޮޅުވެލިފުށި ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 18 ވާ ހޯމަ ދުވަހުގެ 09:30 އަށް ޅ. އަތޮޅު ހޮސްޕިޓަލަށާއި ޅ. އޮޅުވެލިފުށި ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015
ހޯދާ