ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މި ޓްރައިބިއުނަލުގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރމާޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)200-A/200/2024/17 އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ،މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރެވިފައިވާކަމުގައި ދަންނަވަމެވެ.

މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)200-A/200/2024/26  އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.

މަޤާމު:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ޑިޕާޓްމަންޓް / ސެކްޝަން:

ސަޕޯޓް ސަރވިސް ޑިވިޜަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މުސާރަ:

10,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ

ސަރވިސް އެލަވަންސް:  އަސާސީ މުސާރައިގެ %25

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އައި.ޓީ ސެކްޝަނުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުގެ ކޮމްޕިއުޓަރ ޓެކްނީޝަނަށް ޙަވާލުކުރުމާއި، ކޮމްޕިއުޓަރ ޓެކްނީޝަންގެ މަސައްކަތްތައް ބަލައި ވިލަރެސް ކުރުން.
  2. ޓްރައިބިއުނަލުގެ ވީޑިއޯ ކޮންފަރެންސިންގގެ ވަސީލަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި ވީޑިއޯ ކޮންފަރެންސިންގ ސެޝަންތައް ރެކޯޑްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްކޮށް އެކަމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައިއާއި، މައްސަލަތަކުގެ އަޑުއެހުންތަކުގައިއާއި، ބާއްވާ ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން.
  4. ޓްރައިބިއުނަލުގެ ސަރވަރތަކާއި، ޕްރޮކްސީތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  5. ޓްރައިބިއުނަލުގައި ބޭނުންކުރާ ސަރވަރތައް އަޕްޑޭޓްކުރުން.
  6. ޓްރައިބިއުނަލުގެ ސަރވަރތަކުގެ ބެކަޕް ނެގޭނެ އިންތިޒާމް ހަމަޖެއްސުން.
  7. ޓެލެފޯން ނެޓްވޯކް ބެލެހެއްޓުން.
  8. ޓްރައިބިއުނަލަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީ ޑިޕާޓްމަންޓް ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއި ތަރައްގީކުރުން.
  9. ޓްރައިބިއުނަލުގައި ޑޭޓާ ބެކަޕް އަދި ރިކަވަރީ ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުން.
  10. ޓްރައިބިއުނަލަށް ގަންނަން ބޭނުންވާ  ކޮމްޕިއުޓަރ އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެތި ގަތުމާއި އެތަކެތީގެ ބްރޭންޑްތަކާއި، ތަކެތި ގަތުމުގައި ތަކެއްޗާއި ބެހޭ މައުލޫމާތު ފައިނޭންސް / ޕްރޮކިއުމެންޓާއި ހިއްސާކުރުމުގެ އިތުރުން އިންސްޓޯލްކުރުން.
  11. ޓްރައިބިއުނަލުގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި ޢާއްމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  12. ޓްރައިބިއުނަލުގެ ވެބްސައިޓް ޑިޒައިންކުރުމާއި، ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  13. ވެބްސައިޓްގެ ވަލްނަރަބިލިޓީ ޓެސްޓް ކޮންމެ 3 މަހުން އެއްފަހަރު ހަދައި، ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން.
  14. ޓްރައިބިއުނަލުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި ސްކޭނަރ ފަދަ ތަކެތި އިންސްޓޯލްކުރުމާއި ޓްރަބަލް ޝޫޓްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުން.
  15. ޓްރައިބިއުނަލުގެ މެންބަރުންނާއި މުވައްޒަފުންގެ ރަސްމީ އީ-މެއިލް އެޑްރެސްތައް ކްރިއޭޓްކޮށް އީ-މެއިލް ސެންޑް ކުރުމާއި ރިސީވް ކުރުމުގެ ކަންތައް ރަނގަޅަށްހިނގާތޯ ބެލުން.
  16. ޓްރައިބިއުނަލުގެ އީ-ގަވަރމެންޓްގެ ޔޫޒަރސްތައް މެނޭޖް ކުރުން.
  17. ޓްރައިބިއުނަލުގެ އެންމެހާ ކޮމްޕިއުޓަރތަކަށް ސޮފްޓްވެއަރތަކާއި އެންޓިވައިރަސްއަޅައި ބެލެހެއްޓުން.
  18. ޓްރައިބިއުނަލުގެ ޑޯރ އެކްސެސް ސިސްޓަމްތައް ބެލެހެއްޓުމާއި، އެޓެންޑެންސް ސިސްޓަމްތައް ބެލެހެއްޓުން.
  19. ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ކަނޑައެޅޭ ތަންތާނގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
  20. އައިޓީއާބެހޭ އެންމެހާ ތަކެތީގެ އިންވެންޓްރީއާއި ސްޓޮކެއް ބެލެހެއްޓުން.
  21. ކޮމްޕިއުޓަރ، ޕްރިންޓަރ، ސޮފްޓްވެއަރ ނުވަތަ ޓްރައިބިއުނަލުގައި ބޭނުންކުރާ އެހެނިހެންވެސް ޑިވައިސްތައް ބޭނުންކުރާނެ ގޮތާ ގުޅޭގޮތުން ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމް ކުރުން.
  22. ޓްރައިބިއުނަލްގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅިގެން ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.
  23. އީ-ސްޓޯރޭޖް ގާއިމްކޮށް ޓްރައިބިއުނަލްގެ ޑާޓާބޭސް ޑިވެލޮޕްކޮށް ބެލެހެއްޓުން.
  24. ޕީ.އޭ.ބީ.އެކްސް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުން.
  25. ޓްރައިބިއުނަލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކޮށްގެން ކުރުވުން.
  26. މީގެ އިތުރުންވެސް އައިޓީ ސަޕޯޓް ފޯރުކޮށްދިނުމާއިބެހޭ މަސައްކަތާއި އައިޓީއާގުޅޭ އެހެނިހެން މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. ކޮމްޕިއުޓަރ ސައިންސް

މަޤާމުގް މަސައްކަތުގެ ދާއިރާތައް:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

 

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

  • ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

 

18 އޭޕްރިލް 2024
ހޯދާ