ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ށ. ފީވަކު ޗަސްބިމުގެ އީ.އައި.އޭ ހެދުން

ށ. ފީވަކު ޗަސްބިމުގެ އީ.އައި.އޭ ހެދުން

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ ށ. ފީވަކު ޗަސް ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެތަނުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް، އެންވައިރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް، ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު IUL)221-PP/221/2015/26) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ، ށ. ފީވަކު ޗަކަބިމުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް އަމިއްލަ ތަކެތީގައި ހައްދަވައިދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ