ދިވެހިރާއްޖެ
ނ. ހޮޅުދޫ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު
މިއޮތޯރިޓީން ހިންގަމުންގެންދާ ނ. ހޮޅުދޫ ކައުންސިލް އިދާރާގެ އިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL)221-PP/221/2015/20) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 7 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ނ. ހޮޅުދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ނ. ހޮޅުދޫ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
11 ރަޖަބު 1436