ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހަދާ މަގުތަކުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާގުޅޭ!

އަލަށް ހަދާ މަގުތަކުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާގުޅޭ!

       އަލަށް ހަދާ މަގުތަކުގައި ރަސްގެ ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތުން 2024 އޭޕްރީލް 30 ވާ އަންގަރާ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަ ކުރުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާއިން އަދި ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނަގަން ހަމަޖެހިފައިވާ ރުއްތައް އެނގޭގޮތަށް ޗާޓުގައި ތިރީގައިވާގޮތަށް ފާހަގަކުރެވިފައި ވާނެއެވެ.

  1. ބުލްބުލާގެއިން ފެށިގެން ފީރޯޒުގެއާ ހަމައަށް
  2. ފީރޯޒުގެއިން ފެށިގެން ފުޓްބޯޅަދަނޑުގެ ހުޅަނގު ދެކުނުކަނަށް
  3. ފެންޕްލާންޓުގެ އިރުމަތިން ފެށިގެން ދަނޑުބިމުގެ އެންމެ އިރުދެކުނުކަނަށް
  4. ވޮލީކޯޓުގެ އިރުއުތުރު ކަނުންފެށިގެން ދެކުނަށް ހޭޅިއާ ހަމައަށް
  5. ކިނބިގެއާ ވޮލީކޯޓާއި ހަމައިން ފެށިގެން އިރުމަތިފަރާތުގެ ހޭޅިއާ ހަމައަށް
  6. ފަޒާ ގެއިން ފެށިގެންއިރުމަތި ފަރާތު ހޭޅިއާ ހަމައަށް

 

ނޯޓް: ގެވަޅުދޫކުރާ ސަރަހައްދުގެ މަގުތަކަށް އަރާ ރުއްގަސް ވަކިކުރެވޭނީ އެތަން ސާފުކޮށްގެން މަގަށް އަރާ ރުއް ގަސް އެނގިގެން ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

18 އޭޕްރިލް 2024
ހޯދާ