ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ކައުންސިލް އިދާރާއަށް 2 ޓެބްލެޓް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފު ކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 24 އޭޕްރީލް 2024 (ބުދަ) ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑް މެދުވެރިކޮށް ފޯމް ހުށައެޅުއްވުން އެދެމެވެ.
ލިންކް: https://forms.office.com/r/2arX1ziy0V
ތަފްސީލް |
ތާރީޙް |
ގަޑި |
ރަޖިސްޓްރީ ވުމުގެ ސުންގަޑި |
24 އޭޕްރީލް 2024 (ބުދަ) |
14:00 |
އަންދާސީ ހިސާބު ހުށަހެޅުން |
2 މެއި 2024 (ބުރާސްފަތި) |
11:00 |
ބީލަންހުށައެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނީ ބިޑްގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަޑިފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.