މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެގެން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެގެން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

 

       މި ކުންފުނީގައި ބައިވަރު "ސިވިލް މެއިންޓަނަންސް" މަސައްކަތްތައް ހުރުމާއިއެކު، ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:116-FB2/IL/2024/67  އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

       މިބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން (EOI) ފާޅުކުރަމުންދާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2024 އެޕްރީލް 25 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

       އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އެޕްރީލް 25 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން، އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި "ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން ސެޓުފިކެޓު" ފަދަ ލިޔުންތައް ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

       މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެއެވެ. 

18 އޭޕްރިލް 2024
ހޯދާ