އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ބާބިކިއު ބީޗް ހަޓް ހިޔާކޮށް ސީލިންގް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

 

ބާބަކިޔު ބީޗް ގައި އިމާރާތް ކުރަމުންދާ ގެ ހިޔާކޮށް ސީލީންގް ކުރުމާއި ބެހޭ

           

         މިކައުންސިލް އިން ތަރައްޤީ ކުރަމުންއަންނަ ބާބަކިޔު ބީޗް ގައި އަޅާފައިވާ ގެ ހިޔާކުރުމާއި ސީލީންގް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 މެއި  2024 (އާދީއްތަ) ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ ފޯން ނަންބަރު 6680057 އަށް ގުޅުއްވައިގެން، ނުވަތަ ވައިބަރ ނަންބަރު 9386644 އަށް މެސެޖުކުރައްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުމަށް

05 މެއި  2024 (އާދީއްތަ) ދުވަހުގެ 13:00 ގެ ކުރިން

06 މެއި 2024 (ހޯމަ) ދުވަހުގެ 10:00 ގައި

07 މެއި 2024 (އަންގާރަ) ދުވަހު 10:00 އަށް

 

 

                    އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ނަންނޯޓްނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

09 ޝައްވާލް 1445

18 އޭޕްރިލް 2024
ހޯދާ