މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކިހާދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2024 ގައި ލައިސްމަނުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމާ ގުޅޭ
ކިހާދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2024 ގައި ލައިސްމަނުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދަން ބޭނުންވެއްޖެއެވެ. ލައިސްމަނުކަން ކުރާ ކޮންމެ މެޗަކަށް 200.00ރ (ދުއިސައްތަ ރުފިޔާ) ލިބިލައްވާނެ އެވެ. މި މުބާރާތުގެ ލައިސްމަނުން ހޮވުމުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ.
- އުމުރުން 18 އަހަރު ފުރިފައިވުން.
- މިފަދަ މަސައްކަތެއް ކުރެވޭނެ ފަދަ ސިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައި ވުން.
- މި މުބާރާތުގައި ބައިވެރިވާ އެއްވެސް ޓީމެއްގެ ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއް ކަމުގައި ނުވުން.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޭޕްރިލް 25 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައި ދީފައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކު: https://forms.office.com/r/r1WggxExQx
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 އޭޕްރިލް 2024
ހޯދާ