ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ގެވެށި މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމާ ގުޅޭ

ކުޅުދުއްފުށި ސިޓީއަކީ އަމިއްލަ އުފެއްދުންތެރިކަމުން އާމްދަނީ ހޯދާ ފަރާތްތައް ގިނަ ރަށެއް ގޮތުގައި ފާހަގަކުރެވޭ ރަށެއްކަމުން، 'ހޯމް ބޭސްޑް ވޯކާރސް' ނުވަތަ ގެވެށި މަސައްކަތްތެރިންނަށް ހުރި ފުރުސަތުތައް ފަހިކޮށްދީ، ނަފާ ލިބޭނެ އިތުރު ދޮރުތައް ހުޅުވާލެވި، މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަސައްކަތް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކޮށްދިނުމަކީ މި އިދާރާގެ މޭންޑޭޓްގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ. މިގޮތުން، ކުޅުދުއްފުށި ސިޓީގައި ގެވެށި މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް އަލުން ފެށުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. ވީމާ ކުޅުދުއްފުށި ސިޓީގައި ގެވެށި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރު މެދުވެރިކޮށް އެމަޢުލޫމާތެއް ސާފުކުރެއްވުން އެދެމެވެ.

ފޯމް ލިންކް:  https://forms.gle/yCU16Xsr4wQHQNAz5 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: [email protected], 6527123

ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.

18 އޭޕްރިލް 2024
ހޯދާ