ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ އަންހެން ވޮލީބޯޅަ މުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ލ.ހިތަދޫ ކައުންސިލްގެ  3 ވަނަ އަންހެން ވޮލީބޯޅަ މުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

      

ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ ވޮލީބޯޅަ މުބާރާތް 2024 ހޯސްޓްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން،ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.

ވީމާ،ޝަޢުޤުވެރިވާ ފަރާތްތަކުން 29 އޭޕްރިލް 2024 ވާ (ހޯމަ) ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރ 6800803 އަށް ގުޅުއްވައިގެން ނުވަތަ  ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޭޕްރިލް 2024 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 އޭޕްރިލް 2024 ވާ (ހޯމަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން:6800005/9918679

އީމެއިލް: [email protected]

ވީމާ، މިކަންޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

18 އޭޕްރިލް 2024
ހޯދާ