މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު މުހައްމަދު އަބޫބަކުރު ޕްރީސުކޫލަށް ކުދިން ވެއްދުމާއި ގުޅޭ

2024 ވަނަ އަހަރު މުޙައްމަދު އަބޫބަކުރު ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް، ފުރިހަމަކުރުމަށްފަހު 28 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަބޫބަކުރު ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6600053 ފޯނާއި ގުޅުއްވުން އެދެމެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

ބޭބީ ނާސަރީ

2023 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން (31 މާރޗް 2024 އަށް ދެއަހަރު ފުރޭ ކުދިންނަށް ބެލެނިވެރިން ބޭނުންވާނަމަ ކައުންސިލަށް ސިޓީއެއް ހުށައެޅުމުން ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ.) 

ނާސަރީ

2023  ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން (31 މާރޗް 2024 އަށް ތިންއަހަރު ފުރޭ ކުދިންނަށް ބެލެނިވެރިން ބޭނުންވާނަމަ ކައުންސިލަށް ސިޓީއެއް ހުށައެޅުމުން ނާސަރީއަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ.) 

18 އޭޕްރިލް 2024
ހޯދާ