ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މަޢާފުކުރުމާބެހޭ
ޤާނޫނު ނަންބަރު 31/79 ( ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ތަކެތީގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޑިއުޓީއިން ބައެއް މަޢާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މަޢާފުކުރުމުގައި، ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މަޢާފުކުރެވޭ އުސޫލުތައް ތިރީގައި މިވަނީ އެވެ.
އިމްޕޯޓް ޑިއުޓީ މަޢާފުކޮށްދިނުމަށް ޝަރުޠު ހަމަވާފަރާތްތައް
މި އުސޫލުގެ ދަށުން އިމްޕޯޓް ޑިއުޓީ މަޢާފުކޮށްދެވޭނީ ތިރީގައި ބަޔާންވެފައިވާ ފަރާތްކަށެވެ.
- ލީސް އެގްރީމެންޓް ނުވަތަ ލީސްއެގްރީމެންޓްގެދަށުން ހަދާފައިވާ އެމެންޑްމަންޓްތަކުގެ ދަށުން ދީފައިވާ މުއްދަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައި ޕްރޮޖެކްޓްތައް
- ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރާއި މަރާމާތުގެ މަސައްކަތައް (ފަތުރުވެރިކަމުގެ ސިނާއަތުގައި ޤާއިމުކުރެވިފައިވާ އިންވެސްޓްމަންޓްތަކުގެ ތެރެއިން އޮރިޖިނަލް އިންވެސްޓްމަންޓްގެ އަގުގެ %25 އަށްވުރެ ބޮޑު ޚަރަދެއް ހިނގާނަމަ)
- ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތެއް ފެއްޓުމަށާއި މަސައްކަތައް ކުރުމަށާއި މަސައްކަތެއް ހިންގުމަށްއެ މަސައްކަތެއްގެ ޖުމްލަ އިންވެސްޓްމަންޓްގެ އަގު 2 (ދޭއް) މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާ މަސައްކަތްތަކަށް
އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށްއެދި ހުށަހެޅުން
އިމްޕޯޓްޑިއުޓީ މަޢާފުކުރުމަށް ޝަރުޠު ހަމަވާފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށައަޅާންވާނެއެވެ.
(ހ) އެޕްލިކޭޝަން ފޯ ޑިއުޓީ އެގްޒެމްޕްޝަން (ޖަދުވަލު 2 ޓުއަރިޒަމް މިނިސްޓްރީ ފޯމު)
http://tourism.gov.mv/downloads/DS2015/reference_for_ 2.docx
(ށ) ޕްރޮޖެކްޓް ނިންމުމަށް ބޭނުންވާ ތަކެތި އެނގޭނޭގޮތަށް ތައްޔާރުކޮށްފައިވާ ބިލް އޮފް ކޮންޓިޓީސް ގެ ސޮފްޓް ކޮޕީ (ބީ އޯ ކިޔު)، (ޖަދުވަލު 3 ގައިވާ ފޯމެޓަށް)
http://tourism.gov.mv/downloads/DS2015/reference_form_3.xls
ބީއޯކިޔު ތައްޔާރުކޮށް ހުށައަޅާންވާނީ ތިރީގައި ބަޔާންކުރެވިފައިވާމިންގަޑުތަކަށެވެ.
(ހ) ބީއޯ ކިއު ތައްޔާރުކުރެވިފައި އޮންނަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ފާސްކުރެވިފައިވާ ތަފުސީލު ކުރެހުމަށް ރިއާޔަތްކޮށެވެ.
(ށ) ބީ އޯ ކިއުގައި ޕްރޮޖެކްޓް ފަށައިގެން އެއްކޮށްނިންމުމަށް ނުވަތަ ނުނިމިވާ ބައި ނިންމުމަށް ބޭނުންވާނޭ އެންމެހާ މުދަލާއި ތަކެތި އަދި ޕްރޮޖެކްޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ސާމާނާއި ތަކެތީގެ އަދަދުތައް އެނގެން އޮންނަންވާނެއެވެ. އަދި ހަމައެފަދައިން މުޅި މަޝްރޫޢުގެ އަގު ބަޔާންކުރެވި އެނގެން އޮންނަންވާނެއެވެ. މި ބީއޯކިއު ހުށަހަޅުއްވާއިރު ރިސޯޓްގެ އެކި ބައިބައި ނިންމުމަށް ބޭނުންފުޅުވާ ތަކެތީގެ ބީއޯކިއު ވަކިވަކިންވެސް ހުށަހެޅިދާނެއެވެ.
މިސާލު:
- މަސައްކަތް ފެށުމަށް ބޭނުންވާ މެޝިނަރީ
- ބެކް އޮފް ދަ ހައުސް ( ނުވަތަ ސްޓާފް ފެސިލިޓީސް) ތަކުގެ ސްޓްރަކްޗަރަލް ބީއޯކިއު
- ފްރަންޓް ހައުސް (ނުވަތަ ގެސްޓް ފެސިލިޓީސް) ތަކުގެ ބީއޯކިއު
- ފިނިޝިންގ މެޓީރިއަލް އަށް ބޭނުންވާ ތަކެތީގެ ބީއޯކިއު
- އޮޕަރޭޝަންއަށް ބޭނުންވާ ތަކެތީގެ ބީއޯކިއު
އާންމު ޝަރުޠުތައް
(ހ) ޑިއުޓީ މަޢާފުކުރުމަށްއެދޭ ފަރާތަކީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށްވުމާއެކު، އެފަރާތަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރަމުންދާ ފަރާތެއް ކަމަށް ވާންވާނެއެވެ. އަދި ދައުލަތައް ދައްކަންޖެހޭ ފީއާއިޓެކްސް ގަވާއިދުން ދައްކަމުންދާ ފަރާތެއްކަމުގައިވެސް ވާންވާނެއެވެ.
(ށ) ޑިއުޓީ މަޢާފުކުރުމަށް އެދޭ އުސޫލުގެދަށުން ހުށައަޅާންޖެހޭ ލިޔެކިޔުން މި އުސޫލާއެކުވާ ތާވަލުގައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅުއްވަންވާނެއެވެ.
(ނ) މި އުސޫލަށް ޢަމަލުކުރަން ފަށާއިރު އެތެރެކުރެވޭ މުދަލުގެ ތެރެއިން އިމްޕޯޓްޑިއުޓީ ދެއްކުމަށްފަހު އެތެރެކުރެވިފައިވާ މުދަލުގެ ޑިއުޓިގެ ރީފަންޑްކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.
(ރ) ޑިއުޓީމަޢާފު ކުރުމުގެ އުސޫލުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ޑިއުޓީ މަޢާފުގެ އިނާޔަތްތަށް ދިނުމަށް ހަމަޖެހިފައިވަނީ އެ އިންވެސްޓްމެނޓެއްގެ އަގަށް ރިއާޔަތް ކޮށް ތިރީގައިވާ ގޮތުގެ މަތީންނެވެ.
- 2 މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމެންޓެއްނަމަ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް.
- 25 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމެންޓެއްނަމަ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް.
- 50 މިލިއަން ޑޮލަރާއި 75 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމެންޓެއްނަމަ، ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް.
- 75 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމެންޓެއްނަމަ، ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށް.
- އިންވެސްޓްމަންޓުގެ އަގު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނަމަ، ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށް.
އަލަށް ހަދާ ރިސޯޓްތަކާއި ހޮޓާތަކާއި މިހާރު ހަދަމުންދާ ރިސޯޓްތަކާއި ހޮޓާތަކުގެ ތެރެއިން ނުހެދި ހުރި އަދި ރީޑިވެލޮޕްކުރާ ރިސޯޓްތަކާއި ހޮޓާތަކުގެ މަސައްކަތަށް ގެންނަ މުދަލަށް އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށް އެދިހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ގެންނަ ތަކެތީގެ އިމްޕޯޓްޑިއުޓީ މައާފްކުރުމަށްޓަކައި ބިއޯކިއު ހުށަހަޅާންޖެހޭނެ ގޮތުގެ ތަފުސީލާއި ޑިއުޓީ މަޢާފުކުރުމަށް ހޭދަވާނެކަމަށް ލަފާކުރެވޭ ވަގުތުގެ މަޢުލޫމާތު http://tourism.gov.mv/?wpdmdl=3870 އިން ލިބިވަޑައިގަންނަވާނެއެވެ.
މި އުސޫލަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 21 އެޕްރީލް 2015 އިން ފެށިގެން ކަމަށްވާތީ އެތާރީޚުން ފެށިގެން މިމިނިސްޓްރީގެ ނަންބަރު03/IUL)88-DS/88/2015) އިޢުލާން ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.