މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮތް ތާންގި ނީލަން ކިޔުމާއި ގުޅޭ!

 (IUL)337/337/2024/28ނަންބަރު 

އިޢުލާން

 

ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮތް ތާންގި ނީލަން ކިޔުމާއި ގުޅޭ!

 

             ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮތް ބައުވެ ހަލާކުވެފައިވާ ދަގަނޑު ފެންތާންގި ނީލަން ކިޔުން 30 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 16:00ގައި ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮންނާނެއެވެ. ނީލަން ފެށޭ އަގަކީ -/5000 (ފަސްހާސް) ރުފިޔާއެވެ. ނީލަން ފެށުމަށްފަހު ހުށަހެޅޭ އަގަށް އިތުރުކުރެވޭނީ ފަހަރަކު -/50 (ފަންސާސް) ރުފިޔާއަށްވުރެ ކުޑަ ނޫން އަދަދެކެވެ.

ނީލަމުން ތާންގި ނަންގަވާ ފަރާތަށް ތާންގި ހަވާލުކުރެވޭނީ، 24 (ސައްވިސް) ގަޑިއިރު ތެރޭގައި ތާންގީގެ އަގު މިކައުންސިލަށް ދައްކަވާ ޚަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކަވާތާ 07 (ހަތް) ދުވަހުގެ ތެރޭގައި ތާންގި އެސަރަޙައްދުން ގެންގޮސް ތަން ހުސްކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދެވުން އެދެމެވެ.

 

08 ޝައްވާލް 1445

17 އެޕްރީލް 2024

 

17 އޭޕްރިލް 2024
ހޯދާ