ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޤުތީ މަސައްކަތު (ކ.އެސިސްޓެންޓް)

އިޢުލާން

ޕޫލް އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ 02 މުވައްޒަފުން ހޯދުމާއި ގުޅޭ:

މި އިދާރާއިން 21 ފެބްރުއަރީ 2024 ވީ ބުދަ ދުވަހުގައި ކޮއްފައިވާ ނަންބަރު (IUL)254/254/2024/13 އިޢުލާންއަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވަތީ އަލުން އިޢުލާން ކުރީމެވެ.

ވަޒީފާގެ ފުރުސަތު

ޕޫލް އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ 02 މަސައްކަތު މީހުން ހޯދުން

މަޤާމް

ކައުންސިލް އެސިސްޓެންޓް / މަސައްކަތު (ޕޫލް އެންޕްލޯއިމަންޓް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ޔުނިޓް

އެލަވަންސް

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/45ރ

ބޭނުންވާ ޢަދަދު

02 މުވައްޒަފުން

އަސާސީ ޝަރުތު

ދައްވެގެން ގްރޭޑް 5 ނިއްމާފައިވުން ނުވަތަ ލިޔަންކިޔަން ދަތުން.

 

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތަށް ގޮސް މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކުރުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން، މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ ކަބަޑުތައް ފޮޅާ ސާފުކުރުން.
  • މިސްކިތުގެ ފަންކާތަކާއި އޭސީތައް ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ހޮޅިބުރިތަކާ ފަންކާތައް ދިއްލުމާއި ނިއްވުން.
  • ކައުންސިލްގެ އިދާރާއިން ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ، ގަސްތައް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ކައުންސިލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • މިސްކިތައް ބޭނުންވާ ތަކެތި ކައުންސިލް އިދާރާއިން ހޯދުން.
  • ކައުންސިލްގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތަށް

ހ.  ފުރިހަމަ ކޮއްފައިވާ ވަޒީފާ އަށް އެދޭ ފޯމް )ވަޒީފާއަށް އެދި ހުށަހާޅާ ފޯމް ލިބަވަޑައި ގަންނަވާނީ ތިލަދުންމަތީ އުތުރުބުރީ ކައުންސިން އިދާރާއިން.(

ށ.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ނ.  ވަޒީފާއަށް އެދޭފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ލިޔަން ކިޔަން އެގޭކަމަށް ސަރުކާރު މުއައްސަސާއަކުން ދޫކުރެވިފައިވާ ޞައްޙަ ލިޔުން.

 

17 އޭޕްރިލް 2024
ހޯދާ