މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކާއި ގުޅޭ

އިޢުލާން    

ދަނޑުބިންތަކާއި ގުޅޭ

             މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2021/56 އަދި ނަންބަރު: (IUL)309-ESM/309/2022/14 އިޢުލާނުން ދޫކުރެވުނު ދަނޑުބިންތަކުގެ އެގްރިމެންޓުގެ މުއްދަތު 30 އެޕްރީލް 2024 ގެ ނިލަށް ހަމަވާނެ ވާހަކަ ރައްޔިތުން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި މުއްދަތުގެ ކުރިން ދަނޑުބިންތަކުގެ އެގްރިމެންޓުގެ 10.1 ގައިވާ ގޮތަށް ހަވާލުކުރެވިފައިވާ ދަނޑުބިން/ދަނޑުގެ ވަށައިގެން އިން ވަކިކުރުމަށް ޖަހާފައިވާ ދަނގަނޑު ހޮޅި/ދަނޑި، ބިއްގަނޑު ނުވަތަ އެނޫންވެސް އިމަރާތެއްފަދަ އެއްވެސް އެއްޗެއް ހުރިނަމަ އެތަކެތި ނަގައި ބިން ސާފުކޮށްދެއްވާ އަދި  ފެންދިނުމަށް ކޮނެފައިވާ ވަޅު ފަސްއަޅާ ފޮރުވާލުމަށް އެދި ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. އިތުރަށް މިރަށުން ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިދާރައިން ކަނޑައެޅޭ ޚާއްސަ އުޞޫލުގެ ދަށުން މަހު ކުލި ނެގޭގޮތަށެވެ.  

           ވީމާ،  މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 އޭޕްރިލް 2024
ހޯދާ