ދިވެހިރާއްޖެ
މިސްކިތު އިމާމު / މުދިމުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭ
މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީގައާއި ސަލާމުގައި ތިބޭ ދުވަސްވަރު ވަގުތީ ގޮތުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދައި ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވެއެވެ. މިދަފުތަރަކީ 01 މޭ 2024 އިން ފެށިގެން 31 ޑިސެންބަރު 2024 ނިޔަލަށް އެކުލަވާލެވޭ ދަފުތަރެކެވެ.
މަޤާމު: |
އިމާމު / މުދިމު |
މުސާރަ: |
1- އިމާމު ކަމުގެ ޝަރުތު ފުރިހަމަ ވާނަމަ – 61.00 ކޮންމެ ނަމާދު ވަގުތަކަށް 2- މުދިމް ( ޝަރުތު ހަމަނުވާ ނަމަ – ޤުރުއާން ރީއްޗަށް ކިޔަވަން އެގުން، ބަންގިގޮވުމާއި ނަމާދުކުރަން އެގޭ ފަރާތަކަށްވުން ) – 53.00 ކޮންމެ ނަމާދު ވަގުތަކަށް |
މަސައްކަތް ކުރަންޖެހޭ ތަން: |
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މިސްކިތްތައް |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1- ކައުންސިލުން ހަވާލްކުރާ މިސްކިތެއްގައި / ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން. 2- މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުންގެ ޙާޟިރީގައި ކޮންމެ ދުވަހަކު ކޮންމެ ނަމާދު ވަގުތެއްގައި ޙާޟިރުވި ގަޑިޖަހައި ސޮއިކުރުން. 3- މިސްކިތުގެ ސާފުތާހިރު ކަމާއި ، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން . 4- މިސްކިތުގެ ސާފުތާހިރު ކަމާއި ، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން . 5- މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއްލިބިފައިވޭތޯ ބެލުމާއި ، މަރާމާތެއް ކުރަންޖެހިފައިވާތަނެއްހުރިތޯބެލުމާއި ، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން . 6- މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާހައުލެއްޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން . 7- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯބެލުމާއި ، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން 8- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯބެލުމާއި ، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން. 9- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި ، އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން . 10- ކައުންސިލުން އަންގަވާފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި ،އީދުނަމާދާއި ،ހުކުރު ނަމާދާއި، ކަށުނަމާދު ކުރުން. 11- މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ އެންމެހާކަންތައްތައް ކުރުމާއި އެހީތެރިވުން. 12- މިސްކިތާއިބެހޭބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން. 13- އުސޫލްތަކާއި އެއްގޮތަށް މިސްކިތް ސާފުކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ދާކަން ކަށަވަރުކުރުމާއި އެގޮތަށް އެކަން ނުދާނަމަ ކައުންސިލަށް އެންގުން . 14- ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން . 15- މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން . |
ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ) |
1- މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ 2 ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ 3- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން |
ޝަރުޠު ފުރިހަމަ ނުވާ މީހެއްނަމަ |
1- އިމާމުވެ ނަމާދު ކުރަން އެނގޭ މީހަކަށްވުން 2- އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖްވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން
|
ސުންގަޑި: |
24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 |
ހުށަހަޅަންޖެހޭ ލިއުންތައް: |
1- މިކަމަށް އެދި ހުށަހަޅާ ސިޓީ 2- އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެފުށުގެ ފޮޓޯ ކޮޕީ 3- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ 4- ލިބިފައިވާ ތަޖްރިބާގެ ލިއުންތަކުގެ ކޮޕީ |
07 ޝައްވާލް 1445
16 އެޕްރީލް 2024