މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމެއްގެ ގޮތުގައި ވިއްކާލަން

މިކުންފުނީގެ ތިލަފުށި ސައިޓުގައިހުރި ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.

1- ނީލަން ކިއުން އޮންނާނީ 07 މޭ 2015 ބުރާސްފަތި ދުވަހުގެ 14:00 ގައި އެމް.ޓީ.ސީ.ސީ ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓްގައެވެ.

2- މިތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައެވެ.

3- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެނދުނު 09:00 ން 14:00 އަށް އެމްޓީސީސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިންތިޒާމު ހަމަޖެހޭނެެއެވެ.

4- ނީލަންކިޔަނީ ގާތްގަނޑަކަށް 200 ޓަނުގެ ބާދަގަނޑެވެ.

5- ނީލަމުގައި ބައިވެރިވޭނީ އެކަމަށް އެދި އެމް.ޓީ.ސީ.ސީ ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓްގައި ރަޖިސްޓަރީކުރެވި އަދި ސެކިއުރިޓީ ޓިޕޮސިޓް -/10,000 ރ (ދިހަހާސް ރުފިޔާ) 07 މޭ 2015 ދުވަހުގެ 13:00 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.

6- ނީލަންކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.

7- ނީލަން ފެށޭނީ ޓަނަކަށް -/2,500 ރުފިޔާގެ ރޭޓުން -/500,000 ރ (ފަސްލައްކަ ރުފިޔާ ) އަށެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000 ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.

9- ނީލަންނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.

10- ނީލަންނިމޭތާ 4 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުންގެންގޮސް ނިންމަންވާނެއެވެ،

11-  ދަގަނޑު ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 ން ހަވީރު 14:00 އަށެވެ.

މި ނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484/ 3001477 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

04 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ