ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެލްމިނިއަމް ދޮރުތައް ޖަހައިދޭނޭ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާރމިނަލް އަޕްގްރޭޑްކުރުމަށްޓަކައި ހޯދަންޖެހޭ އެލްމިނިއަމް ދޮރުތައް ޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: KACL/iulaan/2015/005 އިޢުލާނާ ގުޅިގެން ލިބިފައިވާ ބީލަންތައް އިވެލުއޭޓް ކުރިއިރު، ބައެއް ބީލަންތަކުގައި، އޮޕްޝަން 1 އާއި 2 ގެ އަގު އޮޅިފައިވުމާއި ބީލަން ހުށަހެޅި ފަރާތުގެ ސޮއި ނެތުމާއި، އަދި މަޢުލޫމާތު ދިންއިރު ހަވާލުކުރި ކުރެހުމުގައިވާ ހުރިހާ ޕެނަލްތަކަށް އަގު ހުށަހަޅާފައި ނެތުން ފާހަގަ ކުރެވެއެވެ. މިހެންވެ މިދެންނެވި ބީލަންތައް ބާޠިލުކުރުމަށްފަހު، މަތީގައި ދެންނެވި މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، 2015 އެޕްރީލް 30 ވަނަދުވަހުގެ 14:30 އަށް ކައްދޫ އެއަރޕޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 3 ވަނަދުވަހުގެ 14:30 އަށް ކައްދޫ އެއަރޕޯޓަށް އަންދާސީހިސާބު (ބީލަން) ހުށަހެޅުއްވުން އެދެމެވެ.

4 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ