ދިވެހިރާއްޖެ
އިޖުތިމާއި ސަރަހައްދުތަކުގައިވާ މަގުފަޅިތައް ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ-ދެވަނަ އިޢުލާން
މިއިދާރާގެ ނަންބަރު: (IUL)319/319/2024/11 (14 ފެބްރުވަރީ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. ބ.މާޅޮހު އިޖުތިމާއި ސަރަހައްދުތަކުގައިވާ މަގުފަޅިތައް ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ ގޮތުން ކުރެވުނު އިޢުލާނަށް އެއްވެސް ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.
ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓަރ ކުރުން |
މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 އޭޕްރިލް 24 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މައުލޫމާތު ދިނުން |
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 އޭޕްރިލް 24 ވާ ބުދަދުވަހުގެ 10:30 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ. |
އަގު ހުށަހެޅުން |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޭޕްރިލް 30 ވާ އަންގާރަދުވަހު 11:00ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު |
- މަސައްކަތައް ހުށަހަޅާ އަގު %90 - މަސައްކަތައް ހުށަހަޅާ މުއްދަތު |
އިތުރު މައުލޫމާތު |
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ. |