ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2024/40
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: އިވެންޓްސް ކޯޑިނޭޓަރ |
- މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: އިވެންޓްސް އޮޕަރޭޝަންސް |
ބޭނުންވާ އަދަދު: 2 |
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)، ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ނ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއިއެކު، މަސައްކަތާއި ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. މި ކޯޕަރޭޝަނުން ކުރިއަށް ގެންދާ ލޯކަލް އަދި އިންޓަރނޭޝަނަލް އިވެންޓްސްތަކުގެ ތެރެއިން ޙަވާލުކުރެވޭ އިވެންޓްސްތައް ރާވާ ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. ށ. ކޯޕަރޭޝަންގެ އަހަރީ އިވެންޓް ޕްލޭން ތައްޔާރުކުރުމަށާއި، ސެކްޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން. ނ. އިވެންޓް ސެކްޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން ބެއްވޭ ބްރެއިން ސްޓޯރމިންގ ސެޝަންތަކުގައި ބައިވެރިވެ ޚިޔާލުތައް ހުށަހެޅުން. ރ. ޙަވާލުކުރެވިފައިވާ އިވެންޓްސްތަކުގެ ޕްލޭންސްތަކާއި،ސްކޯޕްސްތަކާއި، ކޮންސެޕްޓްސް ތަކުގެ ޑްރާފްޓްސް ތައްޔާރުކުރުން. ބ. އިވެންޓްސްތަކާއި ގުޅިގެން އެކި ފަރާތްތަކުން ހޯދަންޖެހޭ ލައިސަންސްތަކާއި، ޕާރމިޓްސް ހޯދުމުގެ މަސައްކަތް ކުރުން. ޅ. ސްޓޭކް ހޯލްޑަރސް، ވެންޑަރސް އަދި އެގްޒިބިޓަރުންނާއި ގުޅިގެން އިވެންޓްސްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރުން. ކ. އިވެންޓުގައި ބައިވެރިވުމަށް ދަތުރުކުރާ ކޯޕަރޭޝަންގެ ޑެލިގޭޝަން އެކަމަޑޭޝަން، ޓިކެޓްސް އަދި އެނޫންވެސް ދަތުރާއި ގުޅުންހުރި އިންތިޒާމްތައް ހަމަޖެއްސުން. އ. އިވެންޓް ބެއްވުމަށް ހަމަޖެހޭ ރީޖަންއަކަށް ކަނޑައެޅިފައިވާ ޕީއާރްއާއި ކޯޑިނެޓްކޮށް އިންތިޒާމްތައް ފުރިހަމަކުރުން. ވ. ޙަވާލުކުރެވޭ އިވެންޓާއި ގުޅުންހުރި އެންމެހާ ލޮޖިސްޓިކްސް މަސައްކަތް ބެލެހެއްޓުމާއި، އަދި ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކުރުން. މ. ޙަވާލުކުރެވެ އިވެންޓްސްތަކުގެ ރިސްކް މިޓިގޭޝަން ޕްލޭންސްތައް ތައްޔާރުކުރުމުގައި އެހީތެރިވުން. ފ. ލޯކަލް އިވެންޓްސް ބޭއްވުމަށް ހަމަޖެހޭ ސައިޓަށް ގޮސް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރުން. ދ. ސެކްޝަންގެ ކުއަރޓަރލީ ރިޕޯޓްސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. ތ.ހާވަލުކުރެވޭ އިވެންޓްސްތަކުގެ ފީޑްބެކް ސަރވޭ ފޯމްސްތައް ތައްޔާރުކުރުން. ލ.ފީޑްބެކް ސަރވޭސްތައް އެނަލައިޒްކޮށް، ފައިންޑިންގސްތައް ސުޕަރވައިޒަރާއި ހިއްސާކުރުން. ގ. އިވެންޓްސްތަކުގެ ޚަރަދު ތަފްސީލުގެ ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން. ޏ. މި ކޯޕަރޭޝަންގެ އިވެންޓްސް އޮޕަރޭޝަންސް ސެކްޝަންގެ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ކުރުން. ސ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 25 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |