ދިވެހިރާއްޖެ
އިޢުލާން
ޅައިމަގު ސްކޫލްގެ ސެކިއުރިޓީ ބެލެއްޓުން |
2024 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަމުގައި ރަޖިސްޓަރީ ވުމަށް ތިރީގައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ފޯމް ފުރުމުގެ ސުންގަޑިއަކީ 21 އޭޕްރީލް 2024ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ.
ސްކޫލް ސެކިއުރިޓި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް https://docs.google.com/forms/d/1BMhQdLi809453XpCpDDQAbj3Fa85Coqo2VhVXdXnIBM/edit
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން |
ޅައިމަގު ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރެއްވުން. |
2024 އޭޕްރީލް 22 ވަނަ ދުވަހުގެ 13:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
2024 އޭޕްރީލް 25 ވަނަ ދުވަހުގެ 13:00 ގައި |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.