ދިވެހިރާއްޖެ
`
މުލަކު ސްކޫލް
މ.މުލައް
ދިވެހިރާއްޖެ
ނަންބަރު:GS166/IUL/2024/011
އިޢުލާން
2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ |
2024 ވަނަ ދިރާސީ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، 2024 އޭޕްރިލް 16 ވާ އަންގާރަ ދުވަހުން ފެށިގެން އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.
ގްރޭޑް |
2024 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް |
އެލް.ކޭ.ޖީ |
2023 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2023 ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން 2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ. |
ގްރޭޑް 1 |
2023 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން 2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ. |
ވީމާ 2024 ވަނަ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ފޯމް ފުރުއްވުމަށްފަހު، ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން 14:00 އަށް ސްކޫލް އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމު ރަސްމީ ގަޑިގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2024 މެއި 02 ވާ ބުރާސްފަތި ދުވަހެވެ. މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައި މިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.
- ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 7952903 އަށް ގުޅުއްވުން އެދެމެވެ.