ދިވެހިރާއްޖެ
ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު
މި އެސޯސިއޭޝަނަށް ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާތަކަށް މީހުންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ވަޒީފާއަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.
މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ވަޒީފާ އަދާކުރަންޖެހޭ ތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މާލެ
ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 3 'ސީ' ފާސް ލިބިފައިވުން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިއެސޯސިއޭޝަނަށް އަންނަ އަދި މިއެސޯސިއޭޝަނުން ފޮނުވާ ލިޔެކިޔުންތައް ބެލެހެއްޓުން.
- މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
- މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތައް އޮގަނައިޒްކޮށް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
- މިއެސޯސިއޭޝަނުގެ މެމްބަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
- މިއެސޯސިއޭޝަނުގެ ފަރާތުން އެކި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.
މަސައްކަތްކުރަން ޖެހޭ ގަޑިތައް: ސަރުކާރުގެ ރަސްމީ ގަޑިތައް
މުސާރަ: ކޮންމެ މީލާދީ މަހަކު 4000.00 (ހަތަރުހާސް) ރުފިޔާ
ޗުއްޓީއާއި ލީވްގެ ދުވަސްތައް: ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީ ދުވަސްތަކާއި ލީވްތައް ހަމަޖައްސަވައި ދެވޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީކާޑުގެ ކޮޕީ
- ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ
- ސީވީ
ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:
- ކޮންޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވުން.
- ފެތުމުގެ ދާއިރާއިން ނުވަތަ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތައް.
އިތުރު އިނާޔަތްތައް:
- މި އެސޯސިއޭޝަނުން ރާވައިހިންގާ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރި ވާނަމަ، އެކަމަށް ކަނޑައެޅިފައިވާ އެލަވަންސްތައް ހަމަޖައްސައި ދެވޭނެއެވެ.
- ކުޅިވަރާއި ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޢުލީމު އުނގެނުމަށާއި، ޓްރެއިނިންގތަކަށް މިއެސޯސިއޭޝަނަށް ލިބޭ އެކި އެކި ފުރުޞަތުތަކަށް ނަން ހުށަހެޅުމުގައި މި އެސޯސިއޭޝަނުގެ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.