ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް)

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު

ސްވިމިންގ އެސޯސިއޭޝަންއިން ހިންގާ ޕްރޮގްރާމްތަކަށް ތިރީގައިވާ ވަޒީފާތަކަށް މީހުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީއާއި ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކާއި އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

މަޤާމު: ކޯޗު (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ

ބޭނުންވާ އަދަދު: 1                     

މުސާރަ: 3000.00 (ތިން ހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން: މާލެ      

މުއްދަތު: 6 މަސް ދުވަސް

މަސައްކަތްކުރަންޖެހޭ ވަގުތު: ހަފުތާއަކު 5 ދުވަސް ދުވާލަކު 2 ގަޑިއިރު (ހެނދުނު 06:00 – 07:00 އަދި ހަވީރު 05:00 – 06:00)

މިނިމަމް ފެންވަރު ނުވަތަ ޝަރުޠު:

  • ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ޤާއިމުކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ނޯޓް: ޕަރފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

23 އޭޕްރިލް 2015
ހޯދާ